ސިއުޒާ
ބޭހާއި ނުލާ ރޯގާ އަދި ކެއްސުމަށް ފަރުވާއެއް:
ބޭނުންވާނެ ތަކެތި:
1 ފިޔާ
އިނގުރު
ލޮނުމެދު
ފޮނިތޮށި
އޮރެންޖު
ލުނބޯ
ފެން
ވަކި ޢަދަދެއް ނުބުނީ ފިޔައަކަށް އެމީހަކަށް އެކަށީގެންވާ ރަނގަޅު ޢަދަދެއް ނުވަތަ މިނަކަށް ދޫކޮށްލަންވެގެންނެވެ. އެކަށީގެންވާ މިނެއް އިޚްތިޔާރުކުރާށެވެ! އެކަމަކު އަނގައަށް އެންމެ މީރުކުރަންވެސް ނުވިސްނައި ބެލެންސެއް ހިފަހައްޓާށެވެ.
މި ހުރިހާ އެއްޗެއް އެއްކޮށް ފެން ތެއްޔަށް އަޅާލުމަށްފަހު ރަނގަޅަށް 10 މިނިޓް ވަންދެން ކައްކާލާށެވެ.
މި ބުއިން ތައްޔާރު ކޮށްލުމަށްފަހު ދުވާލަކު ދެ އިރު ބޯލާށެވެ. މީގެ ސަބަބުން ލަންގްސް ގައި ހުންނަ ދަވަ ފަދަ އެއްޗެހި ނައްތާލަދެއެވެ. ބްރޮންކައިޓިސް އަދި ކެއްސުންވެސް ފިލުވާލަދެއެވެ. މީގެ އިތުރުންވެސް ނޭވާ ހޮޅީގެ އިންފްލެމޭޝަން ދަށް ކޮށްލަދެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު