ފައިސާގެ ދަހިވެތިކަމުގަ ތަޤްވާވެރި އަނބިމީހާ ވިއްކާލުމުން ޢިއްފަތްތެރިކަންވެސް ސަލާމަތްކުރެވި ތަނަވަސް ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ- ފިރިމީހާއަށް ޖެހުނީ ބަނގުރޫޓުވެ ގެވެސް ވިއްކާލަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ފައިސާގެ ދަހިވެތިކަމުގަ ތަޤްވާވެރި އަނބިމީހާ ވިއްކާލުމުން ޢިއްފަތްތެރިކަންވެސް ސަލާމަތްކުރެވި ތަނަވަސް ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ- ފިރިމީހާއަށް ޖެހުނީ ބަނގުރޫޓުވެ ގެވެސް ވިއްކާލަން!

އެއީ ޒުވާން ވިޔަފާރިވެރިއެކެވެ. ރިވެތި ދިރިއުޅުމެއް އުޅެމުން އަންނަ ޒުވާނެކެވެ. އުފާވެރި ޙަޔާތަކަށް އެދިގެން ކައިވެނިކުރިއެވެ. ނަމަވެސް އަނބިމީހާއަށް ނުބައިމަގަކުން ދެވުމުން ޖެހުނީ ދޫކޮށްލާށެވެ. އެކަމުން ލިބުނު މާޔޫސްކަމުގައި އަހަހަރެއްހައި ދުވަހު އެއްވެސް އަންހެނަކާއި ގުޅި އެކަނި ހުއްޓެވެ.  

އެއްދުވަހަކު އޭނާގެ އިސް މުވައްޒިފަކު ގެނެސްފައި ބުންޏެވެ. "މިއީ ދައްކަން އެހާ ރަނގަޅު ވާހަކައަކަށް ނުވެދާނެއެވެ. އަދި މިވާހަކައަށް ނުރުހޭނަމަ ނުދައްކާ ވާހަކައަކަށް ހަދައި ސިއްރުކޮށްދޭވެ. އެވާހަކައަކީ އަންނަ ހުކުރު ދުވަހުގެ ރޭ ކަލޭގެ އަނބިމީހާ އަހުރެންގެ ގެއަށް ގެނެސްދީފައި ކަލޭދާށެވެ. ގެނައުމާއިއެކު އެއްލައްކަ ރުފިޔާ ދޭނަމެވެ."  

އެހެން ބުނާއިރަށް އެކަމަށް އެއްބަސްވެ ގެއަށް ގޮސް އަނބިމީހާއަށް އާދޭސްކުރުމުން އަނބިމީހާ އެއްބަސްވިއެވެ. އަނބިމީހާގެ ވިސްނުން މުޅިން ތަފާތެވެ. "އަހުރެންނަކީ ތަޤްވާވެރިއަކީމެވެ. މިއީވެސް އިމްތިޙާނެކެވެ. ﷲ އަހުރެންގެ ޢިއްފަތްތެރިކަން ޙިމާޔަތްކޮށްދެއްވަވާނެތެވެ. ދެއްވަވާ ބަދަލު މާފުރިހަމަވެސްވާނެއެވެ. ފިރިމީހާގެ އަތުގައި އެއްވެސް އެއްޗެއް ނެތި ކައިވެނިކޮށް ރަނގަޅު ވަޒީފާއެއް ހޯދައިދިނުމުން ދިން ބަދަލު މިފެނުނީއެވެ. ފައިސާކޮޅަކަށް އަހުރެން ވިއްކައިލީއެވެ. މިކަމުގައި އަހުރެންނަށްޓަކައި ފޮރުވިފައިވާ ބޮޑުކަމެއް އޮންނާނެއެވެ."  

އެއްބަސްވެފައިވާ ގޮތަށް އަނބިމިހާ އެގެއަށް ގެންދިއައެވެ. ބޮސް ވަޢުދުވީ ގޮތަށް ކަންތައްކުރިއެވެ. ވަޤުތުން ފައިސާދީފައި ފޮނުވައިލީއެވެ. އަނބިމީހާއަށް ކޮޓަރިއެއް ދައްކާފައި އެކޮޓަރިއަށް ވަންނަން ބުންޏެވެ.  

ދަންވަރު 2 ޖެހިއިރު ގޮސް ކޮތަރީގެ ދޮރުހުޅުވާލިއިރު އޭނާ ހުރީ ނަމާދުކުރާށެވެ. ވަދެ ބަލަން އިންދައި ނަމާދިނިންމާފައި ފެށީ ދުޢާކުރާށެވެ. ދުޢާކޮށް ނިމުމުން ބުންޏެވެ. "ބުނަން ހެއްޔެވެ؟ އަހުރެން ކަލޭ ގެނައީ ކަލޭގެ ގައިގައި ނުބައި ނިޔަތެއްގައި ބީހިލަންވެސް ބޭނުންވެގެނެއް ނޫނެވެ. ފިރިމީހާ ގާތުގައި އެހެން ބުނީ އޭނާ ބުނާ އެއްޗެއް ބަލަންވެގެންނެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ސްކޫލްއިރުންސުރެ އަހުރެން ކަލެއަށް ކަޅި އަޅަމެވެ. ކަލޭ، ކަލޭގެ ފިރިމީހާއަށް އިޚްލާޞްތެރިވަރުވެސް އެނގެއެވެ. ދިރިއުޅުން ހަރުދަނާވަރުވެސް އެނގެއެވެ. ކަލޭ އެދުނީމާ ފިރިމީހާއަށް ވަޒީފާދިނީވެސް ކަލެއަށްޓަކައެވެ. ކަލެއަށް ރަނގަޅު ގޮތެއްވުމަށް އެދިގެންނެވެ. ނަމަވެސް ފިރިމީހާގެ ހުރި ރަނގަޅުކަން މިއޮތީ ފެނިފައިދޯއެވެ.  

ބިރުނުގަންނާށެވެ. ހެނދުނު ގެއަށްދާށެވެ. އެފައިސާއިން ފިރިމީހާ ކުރާ ކަންކަމަށް ފާރަވެރިޥާށެވެ. އަހުރެންނާއި ވާހަކަދައްކަމުން ގެންދާށެވެ. އަހުރެންގެ އަންބިމީހާއަށްވާން ބޭނުންވި ދުވަހަކުން ބުނާށެވެ. އެދުވަހުން މިގެއަށް ވައްދާނީ ޝަރަފާއި ޢިއްޒަތުގައެވެ. އެކަމަކު ނަމަނަމަ އަހުރެން ކަންތައް މިކުރި ގޮތުގެ ވާހަކަ ފިރިމީހާގެ ގާތުގައި ނުބުނާށެވެ. އެކަން ސިއްރުކޮށްދޭށެވެ. ފިރިމީހާގެ ޙަޤީޤަތް އެނގޭނީ އެއިރުންނެވެ."  

ފައިސާތައް ލިބުމުން ދިރިއުޅުމަށް ޚަރަދުކުރީއެއް ނޫނެވެ. ކަރަދުކުރީ ހިލޭއަންހެނުންނަށެވެ. އެތަނުން އަންހެނަކު ދެކެ ލޯބިވެ އަނބިމީހާ ވަރިކޮށް ފޮނުވައިލީއެވެ. ޢިއްދަ ހަމަވުމާއިއެކު ފެނުނީ ބޮސްއާއި ކައިވެނިކުރިތަނެވެ. ކައިވެނިކުރިކަން އެނގުނީވެސް އެކުގައި އޮފީހަށް ގެނެސް ކެބިންގައި ގެންގުޅެން ފެށުމުންނެވެ.  

ކުރީގެ ފިރިމީހާއަށް ވަރަށް އަސަރުކުރިއެވެ. އެންމެ ދެރަވީ ހިލޭއަންހެނުންނަށް ޚަރަދުކުރަމުން ގޮސް އަތްމަތި ހުސްވެ ގެއިން ލިބިފައިވާ ބައި ބޮސްއަށް މޯގޭޖްކޮށް އެތައްބައިވަރު ފައިސާތަކެއް ނެގިފައިވާތީއެވެ. އެފައިސާ ދެއްކޭނެ ގޮތެއްވެސް ނެތީމައެވެ.  

އެވަރުންވެސް މަޑަކުން ނުހުރެވުނެވެ. ބޮސް އޭނާގެ އަނބިމީހާ ޖަހައިގަތީ ކަމަށްބުނެ ވާހަކަދައްކާކަން އެނގުމުން އެއްދުވަހު ހުރިހާ މުވައްޒިފުން އެއްކޮށްފައި އޭނާގެ ކުށަކީ ކޮބައިތޯ؟ އަނބިމީހާ ވަރިކުރީ އަނބިމީހާގެ ކޮން ކުށެއް އޮވެގެންތޯ؟ ވަރިކުރުވަން އޭނާކުރީ ކޮންކަމެއްތޯ؟ ހިލޭ އަްނހެނުންނަށް ޚަރަދުކުރަމުންގޮސް އަތްމަތި ހުސްވެގެން ގެ ރަޙުނުކޮށްފައި ނެތި ފައިސާ އަނބުރާ ދައްކަނީ ކޮން ދުވަހަކުތޯ؟ ސުވާލުކުރުމުން އަނގައިން ނުބުނެ ތެދުވެގެން ދިއަ ގޮތަކަށް އޮފީހަކަށް ނުދެއެވެ.  

މިއީ އަޅުގަނޑުގެ އެކުވެރި މަރްޔަމްގެ ޙަޔާތުގައި ކަންކަން ދިމާވި ގޮތެވެ. މަރްޔަމްގެ ކައިވެންޏަށް މިހާރު 15 އަހަރެވެ. ދެމަފިރިން އުޅެމުން އެގެންދަނީ ނުހަނު ލޯބިންނެވެ.  

އަޅުގަނޑު ބުނެލަން ބޭނުންވަނީ އެންމެ ވާހަކައެކެވެ. ޒުވާން ޢުމުރުގައިވެސް ތަޤްވާވެރިވާށެވެ. ރޭއަޅުކަންކޮށް ދުޢާކުރާށެވެ. އެމީހަކަށް ރަނގަޅު ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- ހަމްދޫން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން