ކުރުމުއްދަތެއްގަ އެކުވެރިންނަށް އޮޅޭވަރަށް ހިކިލަން ބޭނުންކުރެވިދާނެ ފަސޭހައިން ތައްޔާރުކޮށްވޭ ބުއިމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކުރުމުއްދަތެއްގަ އެކުވެރިންނަށް އޮޅޭވަރަށް ހިކިލަން ބޭނުންކުރެވިދާނެ ފަސޭހައިން ތައްޔާރުކޮށްވޭ ބުއިމެއް!

ހިކެން މަސައްކަތްކުރަންވީ ހަމައެކަނި ސިފައަށްޓަކައެއްވެސް ނޫނެވެ. ޞިއްޙީ ދުޅަހެޔޮކަމަށްޓަކައެވެ. ހެލިފެލިވެ އުޅެންވެސް ފަސޭހައަކަށެވެ. މަސައްކަތުގައި އުޅުނަސް ގިނައިރު ވަރުބަލިނުވެ ހުރުމަށެވެ.  

އަހަރެމެންގެ ތެރެއިން ގިނަ ބައަކު ހިކެން ބޭނުންވެގެން ބުރަ މަސައްކަތްތަކެއް ކުރެއެވެ. ބުރަމަސައްކަތްކުރަން ހިތްވަރުދެމެވެ. މަސައްކަތް ކުރަމުންވެސް މި ޚާއްޞަ ބުއިން ނިކަން ތަޖުރިބާ ކޮށްލަބަލާށެވެ!  

ލުނބޮއެއް ފަޅާލައި އޮށްނަގާށެވެ. އަދި އެތެރޭގައި ހުންނަ ހުދުބައިވެސް ނަގާށެވެ. ތޮށިމަށައި ހަމައެކަނި ހުތްތައް ވަކިކޮށްލާށެވެ.  

މިކްސަރަށް ހުތްތައް އަޅައިލާށެވެ! އެއިގެ ތެރެއަށް 3 ބްލެކް ޕްރޫންސް ލާށެވެ. ޕްރޫންސް ނުލިބޭނަމަ އެހައި މިންވަރަށް ރޭޒިންސް (ހިކިމޭބިސްކަދުރު) ކޮޅެއް އަޅާށެވެ. އަދި ރަނގަޅު 3 ކަރަންފޫވެސް ލާށެވެ. 

ދެން 250 އެމްއެލް ފެންއަޅައި މިކްސަރުން ގިރައިލާށެވެ. ގިރައިލުމަށްފަހު ބޭނުންނަމަ ފުރާނައިލާށެވެ. ނަމަވެސް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ.  

ޖޫސްތައްޔާރުވުމުން ރޭގަނޑު ކެއުމުގެ 40 މިނިޓްކުރިން ޖޫސްތަށި ބޮއެލާށެވެ! ފުރަތަމަކޮޅު ކާހިތްކުޑަވެދާނެއެވެ. ނަމަވެސް ދެތިން ދުވަސްތެރޭގައި އެކަން ހަމަޖެހޭނެއެވެ.  

ތަޖުރިބާކުރި ގިނަ ބައަކު ބުނެފައިވަނީ ވަރަށް އަވަހަށް ހިކެންފަށާކަމަށެވެ. މިއީ ފައިދާހުރި ޖޫހެކެވެ. ކޮލޮސްޓްރޯލްވެސް މަދުކޮށްދެއެވެ. އަޅެ ނިކަން ތަޖުރިބާކޮށްލަބަލާށެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން