ބަލިވެއިނީމަވެސް ތަނަވަސްކަން ލޯބިވެރިޔާގެ ނެތީމަ ކައިވެނިކުރަން ކަމުނުގޮސްފަ ތަނަވަސްކަން ލިބޭއިރަށް ލޯބިވެ، ދަރިފުޅުގެ ބައްޕަވާން އުޅުނު މީހަކަށް ލިބުނު ބޮޑުދެރައިގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ބަލިވެއިނީމަވެސް ތަނަވަސްކަން ލޯބިވެރިޔާގެ ނެތީމަ ކައިވެނިކުރަން ކަމުނުގޮސްފަ ތަނަވަސްކަން ލިބޭއިރަށް ލޯބިވެ، ދަރިފުޅުގެ ބައްޕަވާން އުޅުނު މީހަކަށް ލިބުނު ބޮޑުދެރައިގެ ވާހަކަ-

އެއީ ތަނަވަސް މީހެއްގެ އަންހެންދަރިއެކެވެ.

ނަމަވެސް ހުންނަނީ ބާކީކޮށްލައިފައެވެ. އެއްވެސް އެހީއެއް ނުވެއެވެ. ދިރިއުޅެނީ މަންމަގެ ގޭގައެވެ. މަންމައާއި ދޮންބައްޕައާއިއެކުގައެވެ. އެހެންކަމުން އުޅެންޖެހިފައިވަނީ ވަރަށް ފަޤީރު ދިރިއުޅުމެކެވެ.  

މީހަކުދެކެ ލޯބިވެވި އިމުން ނެއްޓި ބަލިވެއިނީއެވެ. އެކަން އެނގުމުން ލޯބިވެރިޔާ ބުނީ ލިބޭ މުސާރަކުޑަވީމާ އަދި ކައިވެނިކުރެވެން ނެތްކަމަށެވެ. މަންމައާއި ދޮންބައްޕައަށްވެސް ޚަރަދުކުރަންޖެހޭނެ ކަމަށާއި އެކަމުގެ ޒިންމާ އުފުލެން ނެތް ކަމަށެވެ. ހަމައެކަނި ޢަބުރު ސަލާމަތްކޮށްދިނުމަށްޓަކައިވެސް ކައިވެނިކޮށްލައިދިނުން އެދި އާދޭސްކުރީމާވެސް ކުރީ އިންކާރެވެ.

އެއްވެސް މީހަކަށް ލައްވަވާނެ ރަޙްމަތެއް ނުއެނގޭނެއެވެ. އޭނާގެ ބައްޕަ އެއްދުވަހު އޭނާ ގެންގޮސްފައި ބުނީ މާޒީއާއިމެދު ހިތާމަކުރާކަމަށާއި ނަމަވެސް މިހާރު ބޭނުންވަނީ ހުރި 4 ފިހާރައިން 3 ދަރިންނަށް 3 ފިހާރަ ދިނުމަށް ކަމަށެވެ. އެހެންބުނެފައި ދިން ފިހާރަ ޙަވާލުކުރަން ގެންދިއައިރު ލަނޑުދިން ލޯބިވެރިޔާއަކީ އެފިހާރައިގެ މުވައްޒިފެކެވެ.  

ލޯބިވެރިޔާ މެޑަމަކަށް ބަދަލުވުމާއިއެކު މާބޮޑަށް ލޯބިވާކަމަށް ބުނަން ފަށައިފިއެވެ. ލިބެންއުޅޭ ދަރިފުޅުގެ ބައްޕަކަމަށްވެ ދަރިފުޅުދެކެވެސް ލޯބިވެއްޖެއެވެ. އެކަމުން ސަލާމަތް ނުވެވޭ ހިސާބަށް ދިއުމުން އަނަހެންކުއްޖާ ބުންޏެވެ. "އަދިވެސް މިހުރީ ކައިވެނިކުރާށެވެ. އެކަމަކު ޝަރުޠެއްގެ މަތިންނެވެ. ވަރިކުރިކަމަށް ލިޔެލިޔުމެއް ކައިވެނީގެ ކުރިން ދޭންވާނެއެވެ. އެއީ އަހަރެން ބޭނުންވާ ދުވަހު ވަރިނުކޮށްފިނަމަ ބޭނުން ހިފުމަށެވެ. ލިޔުމުގައި ތާރީޚް ޖަހައިގެން ނުވާނެއެވެ. އަދި އެލިޔުމުގައި އަހުރެން ތާރީޚު ޖެހުމުން ވަރިވީކަމަށް އެއްބަސްވެސްވާންޖެހޭނެއެވެ. ކައިވެނި މިކުރަނީ އެކުގައި އުޅޭކަށް ނޫނެވެ. ދަރިފުޅުގެ އައިޑީކާޑުގައި ބައްޕަ ނެތް ކަމަސް ލިޔެފަ އޮންނަން ބޭނުންނުވަތިއެވެ."  

އެކަންކަމަށް އެއްބަސްވެ ލިޔުން ދިނުމުން ކައިވެނިކުރިއެވެ. އޭނާ ހީކުރީ އެހެން ބުނި ނަމަވެސް ވަރިނުވާނެ ކަމަށެވެ. މަޅީގައި ޖައްސުވައިގެން ގެންގުޅެވޭނެ ކަމަށެވެ. ނަމަވެސް ކައިވެނި ދެމިއޮތީ ވިހައި ގަދަވަންދެންނެވެ. ވިހައިގަަދވުމާއިއެކު ރޮއި އާދޭސްކުރަމުން ދަނިކޮށް ވަރިވެއްޖެއެވެ. ބުނީ އަހުރެން ލޯބިވީ ހިތުގެ އަޑިންކަމަށާއި ލިބޭ މުސާރައަށް ބަލައި ތަނަވަސްކަމަށް ނޫންކަމަށެވެ. ނަމަވެސް ފަޤީރުވީމާ އަހުރެން ދުނިޔެއަށް ގިނަކޮށްލަން ކެރުނު މީހަކާއެކު އުޅެން ބޭނުންނުވާ ކަމަށެވެ.  

"ދަރިފުޅަށް ބައްޕަގެ ލޯބި ބޭނުންނުވާނެތޯ ސުވާލުކުރުމުން ބުނީ ވަރިވިޔަސް ދަރިފުޅުދެކެ ލޯބިވެވޭނެ ކަމަށެވެ. އެކަމަށް އެއްވެސް ހުރަހެއް ނުއޮންނާނެ ކަމަށެވެ.  

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަށް ދިމާވި މިކަންކަމުގެ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ ލޯބިވެގެން އުޅުނަސް ސަމާލުކަން ދިނުމަށް ބުނާށެވެ. ދެރައެއް ލިބޭދުވަހު ހުރިހާ ކަމެއް އުފުލަންޖެހޭނީ އަންހެންކުދިންނަށްކަން ވިސްނައިދޭށެވެ. ގިނަވާނީ މިބާވަތުގެ ފިހެނުންވީމައެވެ. އެކުވެރިޔާގެ ބުއްދިއަށާއި ކަންތައްކުރިގޮތަށް އަހުރެން ތައްރީފްކުރަމެވެ. ލޯތްބަކީ ތަނަވަސްކަމާއިގުޅުވޭނެ އެއްޗެއް ނޫންވީމައެވެ. ލޯބިވެ ބޭނުންކޮށްލަން ރަނގަޅެވެ. ކައިވެނިކުރަން މަޖުބޫރުވުމުންވެސް ބަލަނީ ނިކަމެތިކަށެވެ. މިއީ މިއަދުގެ ޙާލެވެ.

 

- ސަމިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން