ޑާކް ޗޮކްލެޓް: ހިތަށް ފައިދާކޮށްދީ ހާޓްއެޓޭކްޖެހުމުން ސަލާމަތްކޮށްދޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
ޑާކް ޗޮކްލެޓް: ހިތަށް ފައިދާކޮށްދީ ހާޓްއެޓޭކްޖެހުމުން ސަލާމަތްކޮށްދޭ!

ގިނަ ބައަކު ޑާކް ޗޮކްލެޓް ކަނީ މީރުވެގެންނެވެ.

ޑާކްޗޮކްލެޓަކީ ހަމައެކަނި މީރުވެގެންކާންވީ އެއްޗެއް ނޫނެވެ. އެއިން ލިބޭ ފައިދާތައް މާބޮޑެވެ. އެއިގެ ތެރޭގައި ހިތަށް ޞިއްޙީ ދުޅަހެޔޮކަން ގެނެސްދިނުމާއި ހާޓް އެޓޭކްޖެހުމުން ސަލާމަތްކޮށްދިނުންވެސް ހިމެނެއެވެ.  

ދިރާސާތަކުން އެނގޭ ގޮތުގައި ޑާކްޗޮކްލެޓަކީ ހިތުގެ ހޮޅިތަކާއި ނާރުތައް ސާފުކޮށްދީ ފަސޭހައިން ލޭހިނގަން މަގުފަހިކޮށްދޭ އެއްޗެކެވެ.  

ޑާކް ޗޮކްލެޓުން އެތެރޮސްކްލޮރޯސިސް ގައި ހިމެނޭ ދެ މެކޭނިޒަމަށް އެހީތެރިވެއެވެ. އެއީ ލޭހޮޅިތައް ހަރުވުމާއި ލޭގެ ހުދު ސެލްތައް ތަތްވުމުން ސަލާމަތްކޮށްދިނުމެވެ. ވީމާ ލޭހޮޅިތަކުގެ ފާރުތަކުގައި ހުދު ސެލްތައް ތާށިވުމުންސަލާމަތްކޮށްދެއެވެ.  

ކޮންމެ އެއްޗެއްވެސް ކާންވާނީ ވަކިމިންވަރަކަށެވެ. މާގިނައިން ބޭނުންކުރާނަމަ ކުރިމަތިވާނެ މައްސަލަތަކެއް ހުންނާނެއެވެ. ވީމާ ކޮންމެ ދުވަހަކުވެސް ބޭނުންކުރަންވާނީ އެކަށީގެންވާ މިންވަރަކަށެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

މިއަދު އޮންލައިން