ވިހެއުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ކުޑަކުރެވޭނެ! ކަސްރަތުކޮށް ހަށިގަނޑަށް ފަރުވާކުރުމަކީ ދަރިފުޅަށްޓަކާވެސް ކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ވިހެއުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ކުޑަކުރެވޭނެ! ކަސްރަތުކޮށް ހަށިގަނޑަށް ފަރުވާކުރުމަކީ ދަރިފުޅަށްޓަކާވެސް ކުރަންޖެހޭ ކަމެއް!

ވިހެއުމުން ހަށިގަނޑަށް ބަދަލުތަކެއް އައުމަކީ ޢާންމުކޮށް މެދުވެރިވާ ކަމެކެވެ. އެކިމީހުންނަށް އެކިވަރަށެވެ. އެކަމަކު އެކަން ބަދަލުކުރަން މަސައްކަތްކޮށްފިނަމަ ރަނގަޅު ބަދަލުތަކެއް ފެންނާނެއެވެ. ވީމާ ދެން ތިމާއަށް އުޅެންޖެހޭނީ އެބަދަލުތަކާއިއެކު ކަމަށްވިސްނައި އަޅާނުލައި ހުރުމެއް ނެތެވެ. އެކަމަށް މަސައްކަތްކުރަންވީ ފިރިމީހާއަށްޓަކައެއް ނޫނެވެ. ތިމާއަށްޓަކައެވެ. ތިމާގެ ސިފަ ރީތިކޮށް ބެހެއްޓުމަށެވެ. ތިމާގެ ޞިއްޙީ ދުޅަހެޔޮކަމަށެވެ.  

ބައެއް އަންހެނުން އެކަމަށް ފަރުވާކުޑަކުރަނީ އެބަދަލުތައް އައިނަމަވެސް ފިރިމީހާ ޝަކުވާނުކުރާތީއެވެ. ބުނަންހެއްޔެވެ؟ ގިނަ ފިރިން ޝަކުވާނުކޮށް ތިބޭނީ މަދުދުވަސްކޮޅަކުއެވެ. ދުވަސްކޮޅެއްވާއިރަށް ފޫހިވެ ޝަކުވާކުރަން ފަށާނެއެވެ. ދެމީހުން ވަކިވުމުގެ ބަހަނާއަކަށް އެކަން ހަދަނީވެސް މަދަކުން ނޫނެވެ.  

އެހިސާބުން ކަސްރަތުކުރަން ފެށިނަމަވެސް ނަތީޖާ ފެންނާނީ ގިނަދުވަހުންނެވެ. ނަމަވެސް ވިހައި ގަދަވެ ހަށިގަނޑު ހަމަޖެހޭ ހިސާބުން ފެށިގެން މަސައްކަތްކުރަން ފެށީމާ ނަތީޖާ ފެނުން މާއަވަސްވާނެއެވެ. ނުކުންނަ ނަތީޖާ މާފުރިހަމަވެސްވާނެއެވެ.  

އަހުރެން ބުނާނީ ދަރިއަކު ލިބުމުން ދަރިފުޅަު ބަލަންދޭ ސަމާލުކަމާއި އެއްވަރަށް ތިމާގެ ހަށިގަނޑަށްވެސް ސަމާލުކަންދޭށެވެ. އެއީ ހަމައެކަނި ތިމާއަށްޓަކައެއްވެސް ނޫނެވެ. ދަރިފުޅަށްޓަކައިވެސް އެއީ ކުރަންޖެހޭނެ ކަމެކެވެ. އެކަމަށް ފަރުވާކުޑަކުރުމުގެ ސަބަބުން ކުރިން މިބުނިހެން ކައިވެނި ރޫޅިއްޖެނަމަ އެކަމުގެ ދެރަ އެންމެ ބޮޑަށް ލިބޭނީ ދަރިފުޅަށްވީމައެވެ.  

ޙަޤީޤަތް ޤަބޫލުކުރާ ހެޔޮލަފާ ފިރިން އަނބިމީހާ ވިހެއީ އޭނާގެ ދަރިފުޅެއްކަމަށްވާތީ ޝަކުވާނުކޮށްފާނެއެވެ. ނަމަވެސް ޙައްލުކުރެވެން އޮތް ކަމެއް ނުކޮށް ފަރުވާކުޑަކުރުމުން ސިފަ ހުތުރުވީމާ ހިތަށް ފޫހިކަން އައުމަކީ މެދުވެރިވާނެ ކަމެއްކަމަށް ޤަބޫލުކުރަންވާނެއެވެ.  

ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން  

- މިއަދުނޫސް

މިއަދު އޮންލައިން