ބަނޑުހިކުމުގެ މައްސަލައަށް ފަރުވާއަކަށާ ކިޑްނީ ސާފުކޮށްލައި ދުޅަހެޔޮކަން ގެނެސްދިނުމުގެ އިތުރަށް ކެންސަރާ ދުރުކޮށްދޭ ބުއިމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބަނޑުހިކުމުގެ މައްސަލައަށް ފަރުވާއަކަށާ ކިޑްނީ ސާފުކޮށްލައި ދުޅަހެޔޮކަން ގެނެސްދިނުމުގެ އިތުރަށް ކެންސަރާ ދުރުކޮށްދޭ ބުއިމެއް!

ސުއިޒާ

 

މިހާރަކަށް އައިސް ކިޑްނީގެ މައްސަލަތައް ކުރިމަތިވާ މީހުން އަންނަނީ ގިނަވަމުންނެވެ. ގިނަ ފަހަރު ކިޑްނީއަށް ގެއްލުމެއް ލިބިއްޖެކަން އެނގެނީ ބޮޑުވަރުވުމުންނެވެ. އެއީ އާދައިގެ ޢަލާމާތްތައް ފެނުނުނަމަވެސް ގިނަ ބައަކު އެއީ މާބޮޑު ކަމަކަށް ނުހަދައި ފަރުވާ ކުޑަކުރާތީއެވެ.

އެހެންކަމުން މިގެނެސްދެނީ މައްސަލައެއް ކުރިމަތިވުމުން ބޭސްކުރަމުންވެސް އަދި މައްސަލައެއް ކުރިމަތިނުވިނަމަވެސް ދޭތެރެދޭތެރެއިން ބޭނުންކުރަން ފައިދާހުރި ބުއިމެކެވެ.  

ބޭނުންވާނެ ތަކެތި: 

·      2/1 ކިޔުކަމްބާ

·      1 ލުނބޯގެ ހުތް

·       1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

·      2 ޖޯޑު ފެން 

ހުރިހާ އެއްޗެއް އެއްކޮށް މިކްސަރަށް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. 

ހެނދުނުގެ އެންމެ ފުރަތަމަ ބުއިމަކަށް މިބުއިން ބޭނުންކުރާށެވެ! މިއީ ކިޑްނީ ދޮވެލުން ފަދަ ކަމެކެވެ. މިބުއިމުން ކިޑްނީގަ ހުންނަ ހިލަ އާއި އެހެނިހެން ނުރަނގަޅު އެއްޗެހި ސާފު ކޮށްލަދެއެވެ. އަދި އިންފެކްޝަންތައް ދުރުކޮށްދެއެވެ. އަދި ބަނޑުހިކުމުގެ މައްސލަ ހައްލުކޮށްދީ ކޯލެން ކެންސަރުގެ ނުރައްކާ ދުރު ކޮށްދެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން