ގިނަބައަކަށް އުޅެންޖެހެނީ ރޯގާއިން ސަލާމަތް ނުވެވިގެންނެވެ. މިގެނެސްދޭ ބުއިމަކީ ރޯގާތަކުން ސަލާމަތްވެވުމުގެ އިތުރަށް ކެންސަރު ޖެހުން ދުރުކޮށްދޭ އަދި އެހެންވެސް ގޮތްގޮތުން ޞިއްޙަތަށް ފައިދާހުރި ބުއިމެކެވެ.
ބޭނުންވާ ތަކެތި:
1 އަލަނާސި ހެޔޮވަރުގެ
ބޮޑު އިނގުރުކޮޅެއް
2 ލުނބޯ
1 ސައިސަމުސާ މުގުރި ފޮނިތޮށި
ކަރަންފޫކޮޅެއް
އަސްލު މާމުއިފޮދެއް (އެމީހަކަށް މީރުވާވަރަށް ރަހަލާނެ ވަރުގެ)
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ އަލަނާސި މަށައި 4 ފޮތްޗަށް ފޮތިކޮށްލާށެވެ. ގްރިލްއަކަށްލައި ކުޑަކޮށް ފިހެލާށެވެ. އިގުރުކޮށައި އިނގުރާއި އަލަނާސި، ކަރަންފޫ އަދި ފެންފޮދެއް އަޅައި މިކްސަރަކުން ގިނައިލުމަށްފަހު ފުރާނާލާށެވެ.
ފުރާނާލުމަށްފަހު ލުނބޯހުތާއި މާމުއި އަދި ފޮނިތޮށި (ފޮނިތޮށި ރަނގަޅީ އަމިއްލައަށް މުގުރި ފޮނިތޮށި) އަޅައި އެއްކޮށްލާށެވެ. ބޭނުންނަމަ އަދިވެސް ފުރާނައިލާށެވެ. ބުއިން އެހެރީ ތައްޔާރުވެފައެވެ. ފްރިޖްގައި ބަހައްޓައިގެންވެސް ބޭނުންކުރެވިދާނެއެވެ.
ބައެއް މީހުން ރަހަ މީރުކުރަން 3 ތިކި އަލަނާސި އެސެންސް އެއްކުރެއެވެ.
ބުއިން ދުވާލަކު 1، 2، 3 ފަހަރުވެސް ބޭނުންކުރެވިދާނެއެވެ.
ލިބޭ ފައިދާތަކުގެ ތެރޭގައި:
- ތަފާތު ރޯގާތަކުން ސަލާމަތްކޮށްދިނުން
- ހުމުން ސަލާމަތްކޮށްދިނުން
- ކެންސަރުޖެހުމާއި ދުރުކުރުވުން އަދި މިނޫންވެސް ގިނަ ފައިދާތަކެއް ހިމެނެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު