ލޯއަނދިރިވަނީތަ؟ މިއީ ލޯއަލިކޮށްދޭ ބުއިމެއް! ތައްޔާރުކޮށްލަންވެސް އެހާފަސޭހަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ލޯއަނދިރިވަނީތަ؟ މިއީ ލޯއަލިކޮށްދޭ ބުއިމެއް! ތައްޔާރުކޮށްލަންވެސް އެހާފަސޭހަ!

ލޮލަށް ފެނުމުގެ މުހިންމުކަން ގިނަބައަކަށް ނުވިސްނެނީ ލޮލަށް ފެންނާތީއެވެ. ލޮލަސް ނުފެންނަ މީހުންނަށް އުޅެންޖެހޭ ޙާލު އިޙްޞާޞް ނުކުރެވޭތީއެވެ. ތަންކޮޅެއް ކުރިއަށް ބަލައިފިނަމަ ކުއްޖަކަށް ކަމެއްވިޔަސް މައިންބަފައިންނަށް ބުނެވެނީ "ރަންކޮޅާ! ދެލޯކޮޅާ!" އެވެ. އެކަމުންވެސް އަންގައިދެނީ ލޮލަށް ނުވަތަ ލޮލުގެ ފެނުމަށް ދެވޭ ސަމާލުކަމެވެ.  

ލޮލަކީ އިންސާނާގެ އެންމެ މުހިންމު އެއް ގުނަވަނެވެ. ނަމަވެސް އެންމެ ގިނަބައަކަށް އެންމެ ބޮޑަށް އިހްމާލްވެވޭ އެއް ގުނަވަނަކީވެސް ލޮލެވެ. ލޮލާއިމެދު ވިސްނަންވީ ނުފެންނަން ފެށުމަކުން ނުވަތަ ލޯ އަނދިރިވާން ފެށުމަކުން ނޫނެވެ. އަބަދުވެސް ވިސްނަންވާނެއެވެ. ލޮލަށް ފަރުވާތެރިވާންވާނެއެވެ.

މިއަދު މިކިޔައިދެނީ ލޮލުގެ ފެނުން ރަނގަޅުކޮށްދޭ ބުއިމެކެވެ. މިބުއިން ބޭނުންކުރުމުން ބައެއް މީހުންނަށް އައިނު ނާޅައި ވެސް އުޅެވޭވަރުވެފައި އެބަހުއްޓެވެ.  

ބޭނުންވާ ތަކެތި:  

1 ސައިސަމުސާ މުގުރި ރީނދޫ

1 ލޮނުމިދު 

ތައްޔާރުކުރާނެ ގޮތް:  

ހޫނު ފެން ޖޯޑަކަށ ރީދޫ ސަމުސަލެއް އަޅައިލާށެވެ. އަދި ލޮނުމިދު ހިމުންކޮށްލާފައި އެއިގެތެރެއަށްޅާލުމަށްފަހު 7 މިނިޓް އިރު ބަހައްޓާށެވެ.  

ފުރޭނުމަކީ މުހިންމު ކަމެއް ނޫނެވެ. އެންމެ ރަނގަޅީ ހެނދުނު ބުއިމެވެ. ތައްޔާރުކުރަންވާނީ އެދުވަހަކަށެވެ. އަނެއް ދުވަހަށް ނުބަހައްޓާށެވެ.  

މިބުއިން ބުއިމުން ފައިދާކުރާނީ ހަމައެކަނި ލޮލަކަށްވެސް ނޫނެވެ. މުޅި ޞިއްހަތަށެވެ. ލޮނުމިދާއި ރީނދުލަކީ ޗައިނާއާއި ޕާސިއަން ޤައުމުތަކުގައި އެތައް ބައްޔެއްގެ ފަރުވާއަށް ބޭނުންކުރާ ބާވަތެކެވެ. މިހައިތަނަށް ހޯދިފައިވާ ހޯދުންތަކަށްބަލާއިރު ރީނދޫ ބޭނުންކުރުމުން ލިބޭ 99 ޞިއްޙީ ފައިދާއެއް ވަނީ ފާހަގަކުރެވިފައެވެ.

 

- މަޢުލުމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން