ލިވަރގެ ދުޅަހެޔޮކަމަށް ފަސޭހައިން ތައްޔާރުކޮށް ބޭނުންކުރެވިދާނެ ޖޫހެއް! ދެހަފްތާއިން އެއްފަހަރު ބޭނުންކުރިޔަސް ފުދޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ލިވަރގެ ދުޅަހެޔޮކަމަށް ފަސޭހައިން ތައްޔާރުކޮށް ބޭނުންކުރެވިދާނެ ޖޫހެއް! ދެހަފްތާއިން އެއްފަހަރު ބޭނުންކުރިޔަސް ފުދޭނެ!

ގިނަ މީހުންނަކީ ޢާންމު ގޮތެއްގައި ގިނައިން ފޮނިކާއެއްޗެތި ކެއުމަށް އާދަވެފައި ތިބޭ ބައެކެވެ. އެކަމުގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ މިންވަރު އިތުރުވެ އަދި ލިވަރގައި ޖަހާ ސަރިބީތައްވެސް އިތުރުވެގެންދާނެއެވެ.  

ލިވަރގެ ބަލިތައް މިވަނީ ގިނަވެފައެވެ. އެއްސަބަބަކީ ސަރުބީ ގިނަ އަދި ފޮނި ތަކެތި ބޭނުންކުރެވުމެވެ. މިއީ ލިވަރގައި ސަރުބީ ޖަހައި ލިވަރ ފަލަކޮށްލާ ސަބަބެކެވެ. ނަތީޖާއެއްގެ ގޮތުން މީހާ ފަސޭހައިން ވަރުބަލިވާންވެސް ފަށައެވެ.  

މުސްލިމުން ބަނގުރާ ނުބުއި ނަމަވެސް ދުނިޔޭގެ ނިޞްބަތުން ބަނގުރާ ބޭނުންކުރާ މީހުން ގިނައެވެ. ބަނގުރަލުގައި ވަރަށް ގިނަޢަދަދަކަށް ހަކުރުހުރެއެވެ. އެހެންވެ ލިވަރހަލާކުވެ ފޭލްވުމުގެ މައްސަލަތައް ބޮޑުވެގެންދެއެވެ. 

ލިވަރ ކެންސަރަކީވެސް މިހާރު ވަރަށް ގިނަ މީހުންނަށް ކުރިމަތިވަމުން އަންނަ އެންމެ ނުރައްކާތެރިކަން ބޮޑު އެއް ބައްޔެވެ. ވީމާ ލިވަރއިން ސަރުބީ ވިރުވައި ދުޅަހެޔޮކޮށް ބޭއްވުމަށް ދޭންޖެހޭ ސަމާލުކަން މިވަނީ އިތުރުކުރަން ޖެހިފައެވެ.  

ބޭނުންވާ ތަކެތި: 

1 ބީޓްރޫޓް

1 ކެރެޓް

1 ލުބޯ

300 އެމްއެލް ފެން

މާމުއިފޮދެއް  

ތައްޔާރުކުރާނެ ގޮތް:  

ކެރެޓާއި ބީޓްރޫޓް ރީތިކޮށް ދޮވެލުމަށްފަހު ކޮށާލާފައި ފެނާއިއެކު މިކްސަރަކުން ގިރައިލާށެވެ. ތަށްޓަކަށް އެޅުމަށްފަހު އެއިގެ ތެރެއަށް ލުނބޮއެއްގެ ހުތްފެލައި ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ. ފޮނިކުރަން ހަކުރު ނާޅާށެވެ. ބޭނުންނަމަ މާމުއިފޮދެއް އަޅައި އެއްކޮށްލާށެވެ.

ކޮންމެ 15 ދުވަހަކުން ތަށްޓެއް ބުއިނަމަވެސް ފުދޭނެއެވެ. ރަނގަޅީ ހެނދުނު ސައިބުއިމުގެ ބައިގަޑިއިރު ކުރިން ބުއިމެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން