މިހާރު އެންމެންވެސް ބިޒީއެވެ. ދެމަފިރިންވެސް ވަރަށް ބިޒީއެވެ. ވަޒީފާއަދާކުރަމުން ގޭގެ މަސައްކަތްކުރާތީ އަނބިން މާބޮޑަށް ބިޒީއެވެ. އެހެންވެ ކައްކަންވެސް އުނދަގޫވީމާ އިސްކަންދެވެނީ ފަސޭހައިން ތައްޔާރުކޮށްލެވޭ ތައްޔާރީ ކާނާގެ ބާވަތްތަކަށެވެ. އެކަމުން ދަރިންނާ ތިމާމެންގެ ޞިއްޙަތަށް ލިބޭ ބޮޑެތި ގެއްލުންތަކާއިމެދު ވިސްނައިވެސް ނުލެވެއެވެ. އެހެންކަމުން އެދެނީ ތިރީގައިވާ ޑރ. މުޙައްމަދު ޢަލީގެ ބަސްފުޅާއިމެދު ވިސްނަވައިލެއްވެވުމެވެ.
މީ އަހަރެމެން ކެއުމުގައި ގާތްގަނޑަކަށް 50 ޕަސެންޓް ހިމެނިފައިވާ ކެއުންތަކެއް. ނޭންގިނަމަވެސް ވަރަށް އާންމުކޮށް ބޭނުންކުރެވޭ އެއްޗެހިތަކެއް. މިގެތެރޭގަ މި ހިމެނެނީ އައިސްކްރީމް، ސޮސެޖް، އެކިކަހަލަ ސީރިއަލްސް، ބިސްކޯދު ދެން އަދި އެކިކަހަލަ ފިޒީ ޑްރިންކްސްތައް ފުރުޓް ފްލެވަރ އަޅާފަ ހުންނަ ޔޯގަޓް ޑްރިންކްސް، އިސްޓެންޓް ކޮށް ތައްޔާރު ކުރެވޭ ސޫޕް، މިސާލަކަށް ނޫޑުލުސް ސޫޕް، އަދި މިހާރުހުންނަ އެކި ކަހަކަ އިސްޓަންޓްލީ ވަގުތުން ތައްޔާރުކުރެވޭ ތައްޔާރީ ކާނާ.
މި އެއްޗެހީގަ ބައިވަރު ޕްރިޒަވޭޓިވްސް އެ އެއްޗެތި ގިނަދުވަހު ބަހައްޓަންވެގެން އެކި ކަހަލަ ޕްރިޒަވޭޓިވްސް އަޅާފަ ހުރޭ، އެކި ކަހަލަ ރަހަ ލައްވަން އެއްޗެތި އަޅާފަހުރޭ، ގިނައިން ލޮނު އަޅާފަ ހުރޭ ނުވަތަ ހަކުރު އަޅާފަ ހުރޭ. މިހެންވެގެން މި ވަންނަނީ އަލްޓްރާ ޕްރޮސެސް ފުޑް ކެޓެގަރީއަށް.
ދެން ފަހުގެ ރިސާޗެއްގަ ފެންނަ ގޮތުން މި އެއްޗެތި ގިނައިން ބޭނުންކުރާ ކަމުގައި ވާނަމަ އަވަހަށް މަރުވުމުގެ ފުރުސަތު އިތުރުވޭ. އަދި ބޮޑަށް ހިތުގެ ބަލިތައް ދިމާވުމުގެ ފުރުސަތު އިތުރުވޭ. ނަފްސާނީ އުނދަގޫތައް، ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވޭ. ބަރުދަން ބަރުވޭ އަދި ހަކުރު ބައްޔަށް މަގުފަހިވެގެންވެސް ދޭ.
ދެން މީ އަސްލުގަ ބުނަންޔާމު ވަރަށް ކަންބޮޑުވާންޖެހޭ ވަރަށް އެބަ މަތިވޭ. ގާތްގަނޑަކަށް ބުނާނަމަ 50 ޕަސެންޓް ރިސްކް އެބަ ހައިވޭ ހާރޓްއެޓޭކް، ސްޓްރޯކް މިކަހަލަ ކަންތައްތައް ޖެހުމުގެ ފުރުސަތަށް. ދެން އަދި ނަފްސާނީ އުނދަގޫތައް، މެންޓަލް ޑިސްއޯޑަރސް ޖެހުމުގެ ފުރުސްތުވެސް ހަމަ އެހާ މިންވަރަށް އިތުރު ވެގެން އެބަދޭ. އަދި މި އަލްޓްރާ ޕްރޮސެސް ފުޑް ގިނައިން ބޭނުންކުރެވޭ ކަމުގައިވާނަމަ އެންޒައިޓީ 53 ޕަސެންޓަށް އިތުރުވެގެން އެބަދޭ. އަދި ކޮންމެ ސަބަބަކާ ހުރެގެންވެސް ހަށިގަނޑަށް ފުރާނަޔަށް ގެއްލުންވުމުގެ ފުރުސަތު، މާނައަކީ ބަލީގެ ސަބަބުން ފުރާނަޔަށް ގެއްލުން ވުމުގެ ފުރުސަތު 20 ޕަސެންޓް އިތުރުވެގެން އެބަދޭ.
އަޅުގަނޑުގެ އުއްމީދަކީ މި ވީޑިއޯކޮޅުންވެސް ކޮންމެސް ވަރަކަށް ތިބޭފުޅުންނަށް އަލްޓްރާ ޕްރޮސެސް ފުޑް އަކީ ކޯންޗެއްކަމާއި އޭގަހުރި ނުރައްކާތައް ކޮންމެވެސްވަރަކަށް އެނގިގެން ދާނެ ކަމަށް އުއްމީދުކުރަން. އެ އެއްޗެއްސަކީ އެއްކޮށް އަޅުގަނޑުމެންގެ ކެއުމުން ނައްތާ ނުލެވިދާނެ، ނޫނިއްޔާމު ހުއްޓާ ނުލެވިދާނެ އެއްޗެހި. ނަމަވެސް ހަމަގައިމުވެސް ބޭނުންކުރެވޭ ވަރު މަދު ކުރެވޭނެ.
- ޑރ. މުޙައްމަދު ޢަލީ