ޒަކާތުގެ ޤާނޫނުގެ ދަށުން "ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ" އުފައްދަވައި، މެންބަރުން އައްޔަނުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޒަކާތުގެ ޤާނޫނުގެ ދަށުން "ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ" އުފައްދަވައި، މެންބަރުން އައްޔަނުކޮށްފި

ޤާނޫނު ނަންބަރު 2025/27 (ޒަކާތުގެ ޤާނޫނު)ގެ 19ވަނަ މާއްދާގެ (ހ)ގެ ދަށުން، 'ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ' އުފައްދަވައި އެ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ.

ޒަކާތުގެ ޤާނޫނުގެ 19ވަނަ މާއްދާގެ (ހ)ގައި ވަނީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ޒަކާތުގެ ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ޝަރުޢީ ލަފާއާއި އިރުޝާދު ދިނުމަށް ޓަކައި، 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވަންވާނޭ ކަމަށެވެ. އަދި އެ ޤާނޫނުގެ 19ވަނަ މާއްދާގެ (ށ) އަދި (ނ)ގައި ވަނީ، ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެކުލަވައިލާންވާނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތުގެ މަތީން ކަމަށެވެ. އަދި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރުންނަކީ، އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާޞިލުކޮށްފައިވުމުގެ އިތުރުން، މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަޤްރީރުކުރުމާއި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ވާންވާނޭކަމަށެވެ.

އެގޮތުން އެ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ މެންބަރުންނަކީ:

"ޝަރީއާ އެޑްވައިޒަރީ ކޮމިޓީ" އުފެއްދުމަކީ ޒަކާތާ ބެހޭ ގާނޫނުގެ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން ބެލެހެއްޓުމުގައި ޝަރުއީ ހިންގުންތެރިކަމާއި، ދެފުށް ފެންނަ މިންވަރާއި، އަދި ޝަރުއީ ހަމަތަކަށް ތަބާވުން ހަރުދަނާކުރުމަށްޓަކައި، އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން