ސަރުކާރުންދޭ ރޯދަ ހަދިޔާ ހޯދުމަށް ޕޯޓަލް މެދުވެރިކޮށް ނަންބަރު ނެގުމަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ސަރުކާރުންދޭ ރޯދަ ހަދިޔާ ހޯދުމަށް ޕޯޓަލް މެދުވެރިކޮށް ނަންބަރު ނެގުމަށް ހުޅުވާލައިފި

ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް ދޫކުރުމަށްޓަކައި، ޕޯޓަލް މެދުވެރިކޮށް ނަންބަރު ނެގުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިއަދު މެންދުރު 12:00 އިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ކިއުގައި ޖެހެން ނުޖެހޭނެ ކަމަށެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތަށް އޮންލައިންކޮށް މިކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 11:00 އާ ހަމައަށް މަސްދަޅު ކޭސް ދޫކުރަމުންދާނެއެވެ. ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގައި މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، ފެބުރުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް މި މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގޭބިސީތަކަށް މަސްދަޅު ދޫކުރުން:

ސަރުކާރުން ނިންމާފައިވަނީ ވަކި ކަރަންޓު މީޓަރު ނަންބަރެއް ލިބިފައިވާ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށެވެ. މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަތޮޅުތަކުގައި 56,918 ގޭބިސީ އަދި ގްރޭޓާ މާލެ ސަރަހައްދުގައި 61,755 ގޭބިސީ ހިމެނޭހެން ޖުމްލަ 1,18,673 ގޭބިސީއަށް މަސްދަޅު ދޫކުރާނެއެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރާ މަރުކަޒުތައް:

ގްރޭޓާ މާލެ ސަރަހައްދުގައި ޖުމްލަ 15 ތަނަކުން މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒު ހުންނާނެއެވެ.

މާލޭގައި މަސްދަޅު ދޫކުރާ ތަންތަން: މިފްކޯ މަރުކަޒު، ސޯޝާލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ހެންވޭރު ބޯޅަ ދަނޑު އަދި ގަލޮޅު ބޯޅާ ދަނޑުގެ ހަތަރު ފަރާތުން މަސްދަޅު ދޫކުރާނެއެވެ. ހުޅުމާލޭގައި އުމަރު ޒާހިރު ބިލްޑިން، ޕޮލްކޯ ޓަވަރު، މުހައްމަދު ގާސިމް ޕްރީ ސްކޫލް، ކާމިލް ދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި ވިނަރެސް ފްލެޓުތަކުން މި ހިދުމަތް ލިބޭނެއެވެ. ވިލިމާލޭގައި މަސްދަޅު ދޫކުރާނީ ވެމްކޯ ސައިޓުންނެވެ.

މި މަސައްކަތަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ އެސްޓީއޯ އަދި މިފްކޯ ކަމަށެވެ.

މިއަދު އޮންލައިން