ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ބާއްވަވާ 2 ލައްކަ ރުފިޔާގެ ޤްރްއާން މުބާރާތުން 1 ވަނަ ނުޒްލާ އިސްމާޢީލް ރަޝީދު ހޯދައިފިއެވެ. މުބާރާތުގެ 2 ގޮފި އެއްކޮށް 3 ވަނަ ޙާޞިލުކުރީ ޝާނިފާ ޝަރީފްއެވެ. 2 ގޮފި އެއްކޮށް 2 ވަނަ ހާޞިލުކުރީ އައިމިނަތު ނާޖިހާ އާއި މައިޝާ ރަޝީދުއެވެ.
މީގެ އިތުރުން މިއަހަރު ޕީއެސްއެމުން ބޭއްވި "އެންމެ އަލިގަދަ ތަރި ޖޫނިއަރސް" މުބާރާތުގެ 4 ވަނަ އެރަށު މަރިޔަމް މަހާ މުޙައްމަދު ހޯދާފައިވާތީ އޭނާއަށްވެސް ވަނީ ޚާއްޞަ އިނާމެއް ދީފައެވެ.
މުބާރާތުގެ ނަތީޖާ ފައުޅުކުރުމަށް މިރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް ވިދާޅުވީ މިސަރުކާރުން އިސްލާމް ދީނުގެ ކަންކަން ކުރިއަރުވަން ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށެވެ. އެގޮތުން މިސްކިތްތަކުގައި ކީރިތި ޤްރްއާން ކިޔަވައިދިނުން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖު ވެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ ކީރިތި ޤްރްއާން އުނގެނުމާއި އުނގަންނައިދިނުމަކީ އެންމެ މަތިވެރި އަޅުކަން ކަމަށެވެ. އަދި މިފަދަ މުބާރާތްތައް ބާއްވައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވީ ހެޔޮ ކަންކަމަށް ނަގުދައްކާ މީހާއަށް އެކަން ކުރާ މީހާ އާއި އެއްވަރަށް ސަވާބު ލިބޭނެ ކަމަށެވެ.
މިއީ މެންބަރު ލަޠީފް ބޭއްވެވެވި 3 ވަނަ ޤްރައާން ކިޔެވުމުގެ މުބާރާތެވެ. ލަޠީފް ގެނަދަވަނީ ދިއްދޫގެ ތައުލީމީ ފެންވަރު މަތިކުރުމަށާއި އަދި އިޖުތިމާޢީ ކަންކަމަށް ވަރަށް ބޮޑު ހޭދައެއް ކުރައްވަމުންނެވެ.