ކަރަންޓު ދިއުމުން އަވަހަށް ކަރަންޓްދޭން ސްޓެލްކޯގެ މުވައްޒިފުން އަބަދުވެސް މަސައްކަތް ކުރެއެވެ. މިސަރުކާރުން ސްޓެލްކޯގެ ހިންގުމަށް ގެނައި ބަދަލުތަކާއިއެކު ސްޓެލްކޯގެ މުވައްޒިފުންގެ ޚިދުމަތް އިތުރަށް ހަލުއިވެގެންދިއަކަންވެސް ގިންބައަކު ފާހަގަކުރެއެވެ.
ކަރަންޓުގެ ޚިދުމަތް ކުޑައިރުކޮޅަކަށް ނަމަވެސް މެދުކެނޑެން ދިމާވެއްޖެނަމަ އުފުލަން މިއަދު ޖެހޭ ބުރަތައް ވަރަށް ގިނައެވެ. ރޭގަނޑުގެ ހޫނުކަންވެސް އިންތިހާއަށް ގަދަވެގެން ދިއުމުން ދަރިންނަށް ނުނިދޭކަން އެއީ އެންމެ ބޮޑު އެއް މައްސަލައެވެ. ވީމާ ކުރިންހެން ކަރަންޓް ދިއުމުން ފުޅިބައްތިއެއް ނުވަތަ އުށްބައްތިއެއް ދިއްލައިލުމުން ފުދުނުހެން މިހާރަކު ނުފުދެއެވެ.
މިކަމަށް ސްޓެލްކޯގެ އިސްވެރިންގެ ސަމާލުކަން އިތުރުވެ އަވަސް ޚިދުމަތެއް ދިނުމަށް މުޅި ނިޒާމަށް ގެނައި ހެޔޮބަދަލުތަކަކީ ތަޢްރީފް ޙައްޤު ބަދަލުތަކެކެވެ. އެކަން ކަސްޓަމަރުން ބަލައިގަނެއެވެ. ސިޔާސީ ވިސްނުން ދޫކޮށްލައި އިންޞާފަށް ލޯބިކުރާ އެންމެންވެސް މިކަން ބަލައިގަނެއެވެ. ސްޓެލްކޯގެ މުވައްޒިފުންގެ ޚިދުމަތަށް ނިހާޔަތަށް ޝުކުރުއަދާކުރެއެވެ.
ހަމަ އެއާއިއެކު ރައްޔިތުންގެ ގިނަބައަކު އެންމެ ބޮޑަށް ފާހަގަކުރާއަނެއްކަމަކީ ސްޓެލްކޯގެ މުވައްޒިފުން ކޮށްދޭ އިޖުތިމާޢީ ޚިދުމަތްތަކެވެ. ކޮންމެ ބޮޑުކަމެއް ޖެހުނަސް އެންމެ ފުރަތަމަ ޚިދުމަތަށް ނުކުންނަ އެއްބައަކީ ސްޓެލްކޯގެ މުވައްޒިފުންކަން ފަހަކަށް އައިސް ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އެކަމަށްޓަކައި ރައްޔިތުންގެ ގިނަ ބައަކު ޝުކުރުވެރިވެއެވެ.
އެޑްވަޓޯރިއަލް