އެސްޓީއޯ ހޯމް އިމްޕްރޫމަންޓް އާއި އިލެކްޓްރޯނިކްސްގެ އިތުރުން ރީޖަނަލް ފިހާރަތަކުގައި މި އަހަރުވެސް "ސީޒަން އޮފަ" ޕްރޮމޯޝަން ފެށިގެން ކުރިއަށް އެބަދެއެވެ.
އެސްޓީއޯގެ ފިހާރަތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ، މި ޕްރޮމޯޝަން ކުރިއަށް ދަނީ މި މަހުގެ 15 އިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އާއި އިލެކްޓްރޯނިކްސް އިން ކުރާ ކޮންމެ 1000ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަންގައި ތިން ފަރާތަކަށް އިނާމް ލިބޭނެ އެވެ. އެއް ވަނަ އަށް ހޮވޭ ފަރާތަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހިޓާޗީ ރެފްރިޖަރޭޓަރު، ދޮންނަ މެޝިން، ފިލިޕްސް އެއާ ކްލީނާ، ހިޓާޗީ ވެކިއުމް ކްލީނާ ހިމެނެ އެވެ. ދެވަނަ އަށް ހޮވޭ ފަރާތަށް އައިފޯން އެއިޓް ޕަލްސްއެއްގެ އިތުރުން އެޑިފަޔާ ސްޕީކަރެއް ލިބޭނެ އެވެ. ތިން ވަނައަށް ހޮވޭ ނަސީބުވެރިއަކަށް ކްރައުން ބީޗް މޯލްޑިވްސް ދިއްފުށި ގެސްޓްހައުސްގައި ތިން ދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ..