މައްސަރުކަންތަކުން ބަނޑަށް ތަދުވުމުން ސަލާމަތްވެވޭ، ނުނިދުމުގެ މައްސަލައިން ސަލާމަތްވެވި ނިދާލަންފަސޭހަވުމުގެ އިތުރުން ހަށިގަނޑުގަ ހުންނަ ގިނަ ތަދުތައް ފިލައިގެންދާ ބުއިމެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
މައްސަރުކަންތަކުން ބަނޑަށް ތަދުވުމުން ސަލާމަތްވެވޭ، ނުނިދުމުގެ މައްސަލައިން ސަލާމަތްވެވި ނިދާލަންފަސޭހަވުމުގެ އިތުރުން ހަށިގަނޑުގަ ހުންނަ ގިނަ ތަދުތައް ފިލައިގެންދާ ބުއިމެއް!

ބޭނުންވާ ތަކެއްޗާ ތައްޔާރުކުރާނެ ގޮތް: 

ހެޔޮވަރުގެ ތާޒާ އިގުރުކޮޅެއް ކުދިކޮށް ކޮށައިލާށެވެ!

ސައިސަލެއްގެ މުގުރި އަސޭމިރުހާ ސައިސަމުސަލެއްގެ މުގުރި ފޮނިތޮށްޓާ ސައިސަމުސަލެއްގެ މުގުރި ރީނދޫ އެއަށް އެއްކޮށްލާށެވެ!

އެއިގެ ތެރެއަށް 500 އެމްއެލްގެ ދިޔާކިރު އެއްކޮށްލައި މަޑުގިނީގައި 10 މިނިޓްވަންދެން ކައްކާށެވެ!

ފުރާނާލާފައި އެއަށް ސައިސަމުސަލެއްގެ މާމުއި އަޅައި އެއްކޮށްލާށެވެ! 

ބޮޑަށް ރަނގަޅީ ރޭގަނޑު ނިދުމުގެ ކުރިން ބުއިމެވެ. ހޫނުކަންމަތީގައި 2 ހަފްތާވަންދެން ކޮންމެ ދުވަހަކު ތަށްޓެއް ބޯށެވެ. މިބުއިން ރަނގަޅީ ހޫނުކަންމަތީގައި ބުއިމެވެ. 

މިބުއިމުގެ ސަބަބުން ނިދަން ފަސޭހަވެގެންދާނެއެވެ. އެތެރެހަށީގެ ގުނަވަންތަކުގައި ހުންނަ ދުޅަތައް ފިލުވައިދޭނެއެވެ. ކަށްޓާއި ގުނަވަންތަކުގައި ހުންނަ ރިހުންތައް ނައްތައިލަދޭނެއެވެ. މައްސަރުކަންތައް ޖެހި ބަނޑަށް ތަދުވުންވެސް ނައްތައިލަދޭނެއެވެ.

 

- ހޯމް ރެމެޑީސް

 

 

މިއަދު އޮންލައިން