މިއީވެސް ކިޑްނީ ސާފުކޮށްދީ މަރާމާތުކޮށްދީ ކިޑްނީއަށް ދުޅަހެޔޮކަން ގެނެސްދޭނެ ބުއިމެކެވެ. ތަފާތު ބުއިންތައް މިގެނެސްދެނީ އެކިމީހުންނަށް ބޭނުންކުރަން ފަސޭހަވާނީ އެކި ބާވަތްތައް ކަމަސްވާތީއެވެ.
ފުރަތަމަ 2 ލުނބޯ ކޮށައިލާށެވެ. ހެޔޮވަރުގެ ސައިޒުގެ 4 ލޮނުމިދުވެސް ތުނިކޮށް ކޮށާލައި އެއިގެތެރެއަށް އެއްކޮށްލާށެވެ! ސައިސަމުސަލެއްގެ މުގުރި ރީނދުލާއި އިނގިލިކުރިން ނެގާވަރުގެ މުގުރި އަސޭމިރުސްކޮޅެއް ވެސް އެއްކޮށްލާށެވެ!
ބައިލިޓަރު (500 އެމްއެލް) ފެނުގައި 10 މިނިޓްވަންދެން ރަނގަޅަށް ކައްކާލުމަށްފަހު ހިހޫވުމުން ފުރާނައިލާށެވެ. ދުވާލަކު ޖޯޑެއްގެ އެއްޗެތި 2 ހަފްތާވަންދެން ބޯށެވެ. ބޭނުންނަމަ ކުޑަ މާމުއިކޮޅެއް އެއްކޮށްލައި ރަހަމީރުކޮށްލލެވިދާނެއެވެ.
2 ހަފްތާވަންދެން ބޭނުންކޮށްފިނަމަ ކިދްނީ ސާފުކޮށްދީ ދުޅަހެޔޮކަން ގެނެސްދޭނެއެވެ. އަދި އެތެރެހަށީގެ ގިނަ މައްސަލަތަކަކަށް ފަރުވާލިބިގެންދާނެއެވެ. ގުނަވަންތަކުގައި ހުންނަ ދުޅަތައްވެސް ފިލުވައިދޭނެއެވެ. ބޯން ރަނގަޅީ ހުސްބަނޑާ ހުރެއެވެ.
- ހޯމް ރެމެޑީސް