ކިޑްނީގަ ހިލައުފެދުމާ އަދި އެނޫންވެސް ކިޑްނީ އާއި ގުޅުންހުރި ބަލިތަކަކީ މިހާރަކަށް އައިސް ވަރަށް ގިނަ ބައަކަށް ކުރިމަތިވާ މައްސަލައެކެވެ. އެހެންވެ ޑައިލިސިސް ހަދަންޖެހުމާއި ކިޑްނީ ބަދަލުކުރަން ބޮޑެތި އޮޕަރޭޝަންތައް ކުރަން ޖެހުންވެސް އަންނަނީ ގިނަވަމުންނެވެ. ކިދްނީގެ އޮޕަރޭޝަންތަކަކީ ހަމަ އެންމެ ނުރައްކައުތެރި އޮޕަރޭޝަންތައްވެސް މެއެވެ.
އަހުރެން ބުނެލަދޭން މިއުޅެނީ ކިޑްނީގެ މައްސަލތަކަށާއި ލިވަރއަށާއި ކުޑަކަމުދާ ނިޒާމަށް ކުރިމަތިވާ ކަންކަމަށް ފައިދާހުރި ރަހަމީރު ބުއިމެކެވެ. ތައްޔާރުކޮށްލަންވެސް ފަސޭހަ ބުއިމެކެވެ. އެހައިމެ ޚަރަދުވެސް ކުޑައެވެ.
ބޭނުންވާ ތަކެތި:
ޖޯޑެއްގެ ކަރާ، މޭޒުމަތީ ސަމުސަލެއްގެ އެކްސްޓްރާ ވާރޖިން އޮލިވް އޮއިލް، ހެޔޮވަރު ލުބޮއެއްގެ ހުތް، ބައިތަށި ފެން
ތައްޔާރުކުރާނެގޮތް:
ހުރިހާ އެއްޗެއް އެއްކޮށް 1 މިނިޓްވަންދެން ބްލެންޑަރަކުން ގިރައިލާނީއެވެ.
ކުރާނެ ފައިދާ:
ކިޑްނީ ސާފުކޮށްދީ ކިޑްނީގައި ހުންނަ ހިލަތައް ވައްޓައިލުމަށް އެހީތެރިވާނެއެވެ. އަދި ކުޑަކަމުދިއުމުގެ ނިޒާމުން ބެކްޓީރިއާތައް ފިލުވައި އިންފެކްޝަން ތަކުން ސަލާމަތްކޮށްދޭނެއެވެ. އަދި ލިވަރގައި ހުންނަ ވިހަތައްވެސް ބޭރުކޮށްދޭނެއެވެ. ލޭދައުރުކުރުން ފަސޭހަކޮށްދޭނެއެވެ. އެއިގެ އިތުރުން ބޮޑުަކމު ދިއުންވެސް ފަސޭހަކޮށްދޭނެއެވެ.
- ހޯމް ރެމެޑީސް