މިހާރަކަށް އައިސް ރޯގާތައް ގިނަވެ އަބަދުހެން ބޭސްކާންޖެހޭތީ ގިނަ ބައަކަށް އުޅެންޖެހެނީ ބޭހަށް ނުގުޑައިގެންނެވެ. އެހެންވެ މިގެނެސްދެނީ ރޯގާތަކާ ކެއްސުމަށް އަދި ލޭހޮޅިތަކުން ސަރުބީ ފިލުވައި ސާފުކޮށްދިނުމަށް އެހީތެރިވެދޭ، ޗައިނާގެ ގިނަ ބައަކު ބޭނުންކުރާ މަޝްހޫރު ބުއިމެކެވެ. ތައްޔާރުކޮށްލަންވެސް ފަސޭހައެވެ.
ބޭނުންވާ ތަކެތި:
ފޮނިތޮށިކޮޅަކާ ހައަކަ ލޮނުމިދާ ފިޔާފަޅިއަކާ، އޮރެންޖެއްގެ ދިޔައާ، އިނގުރުކޮޅަކާ ލުބޮއެއްގެ ހުތް.
ތައްޔާރުކުރަން ކުރަންޖެހޭ ކަމަކީ ހުރިހާ އެއްޗެއް އެއްކޮށް ކައްކައިލުމެވެ.
ބޭނުންކުރަންވީ ދުވާލު 2 އިރު އިރަކު ޖޯޑެއްގެ މިންވަރެވެ.
ލިބޭނެ ފައިދާ:
ފުއްޕާމޭގަ ހުންނަ ދަވަތައް ސާފުކޮށްދޭނެ،
ލޭހޮޅިތަކުގައި ސަރުބީ ޖަހައި އުފެދޭ ދުޅަތައް ތިރިކޮށްދޭނެ،
ކެއްސުމުންވެސް ސަލާމަތްކޮށްދޭނެ
- ހޯމް ރެމެޑީސް