ހުޅުތަކާ ބަދަތަކުގެ މައްސަލަ ޙައްލުކޮށް ކަށިވަރުގަދަކުރަން ކުރެވިދާނެ ފަރުވާއެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ހުޅުތަކާ ބަދަތަކުގެ މައްސަލަ ޙައްލުކޮށް ކަށިވަރުގަދަކުރަން ކުރެވިދާނެ ފަރުވާއެއް!

ހުޅުތަކުގައި ރިއްސާ މީހުން ގިނައެވެ. އަދި ކަށީތައްބަލިކަށިވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންވެސް ގިނައެވެ. އެހެންވެ ޙައްލު ހޯދަން ފަސޭހައިން ކުރެވިދާނެ ފަރުވާއެއް ބުނެލާނަމެވެ. 

ބޭނުންވާ ތަކެތި: 1 ޖޯޑު އަލަނާސި (މަށައި ކޮށާފަ)، 1 ޖޯޑު ހޯލް އޯޓްސް، ބައި ސައިސަމުސާ މުގުރި ފޮނިތޮށި، 2 ޖޯޑު ފެން 

ތައްޔާރުކުރާނެ ގޮތަކީ ހުރިހާ އެއްޗެއް ބްލެންޑަރަކަށް އަޅައި ރަނގަޅަށް އެއްކޮށްލާނީއެވެ. 

ތަޖުރިބާއިން އެނގޭ ގޮތުގައި މިމިކްސް ބޭނުންކުރާނަމަ ހުޅުތަކަށް ލިބޭ ގެއްލުން މަރާމާތުކޮށްތީ ރިހުން ކުޑަކޮށްދެއެވެ. ލިގަމެންޓްތައް މަރާމާތުކޮށްދެއެވެ. ކަށިވަރުގަދަކޮށްދެއެވެ.  

މިބާވަތުގެ ކަމެއް ކުރިމަތިވެ ބޭސްކުރަމުންދާނަމަ ބޭނުންކުރަން ފެށުމުގެ ކުރިން ޑޮކްޓަރުންގެ ލަފާ ހޯދުން މުހިންމެވެ. މިއީ ޖުމުލަކޮށް މީހާގެ ޞިއްޙަތަށް ފައިދާކުރާނެ ބުއިމެކެވެ.

 

- ދުޅަހެޔޮ ޞިއްޙަތަކަށް އެހީއެއް

 

މިއަދު އޮންލައިން