ދިރާގުގެ 3 ވަނަ ކުއާޓަރގެ އާމްދަނީ 691 މިލިޔަން ރުފިޔާއަށް އަރައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދިރާގުގެ 3 ވަނަ ކުއާޓަރގެ އާމްދަނީ 691 މިލިޔަން ރުފިޔާއަށް އަރައިފި

ދިވެހިރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ކުންފުނި، ދިރާގުގެ މިއަހަރުގެ 3 ވަނަ ކުއާޓަރގައި ކުންފުނީގެ ޖުމްލަ އާމްދަނީ 691 މިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 0.6 ޕަސެންޓްގެ ކުރިއެރުމެކެވެ.

ދިރާގުން ހާމަކުރި ތަފްސީލުތަކަށް ބަލާއިރު، މި ކުއާޓަރގައި އާމްދަނީގެ އެންމެ ބޮޑު ބައެއް ހޯދާފައިވަނީ މޯބައިލް ޚިދުމަތްތަކުންނެވެ. މި ބައިން 363 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް ޚިދުމަތްތަކުން 307 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން އެހެނިހެން ޚިދުމަތްތަކުން 21 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދިރާގުން ބުނެފައިވެއެވެ.

ކުންފުނީގެ ޓެކްސް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި މި ކުއާޓަރގައި 282 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 241 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

ދިރާގުގެ މި ނަތީޖާތަކުން ދައްކައިދެނީ، ކުންފުނިން ދެމުންދާ ޚިދުމަތްތަކަށް ރައްޔިތުންގެ އިތުބާރު އިތުރުވަމުން އަންނަ މިންވަރާއި، ޓެލެކޮމިއުނިކޭޝަން ދާއިރާގައި ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކެވެ. އަދި މި ކުރިއެރުންތަކާއެކު، ކުރިއަށް އޮތް ތަނުގައިވެސް ކުންފުނީގެ އާމްދަނީ އިތުރުވެ، ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން