ފުލުހުން ފޯރުކޮށްދެމުންދާ ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ދަނީ ގެންނަމުން: ސީޕީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ފުލުހުން ފޯރުކޮށްދެމުންދާ ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ދަނީ ގެންނަމުން: ސީޕީ

ފުލުހުން ފޯރުކޮށްދެމުންދާ ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ދަނީ ގެންނަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެެއެވެ. 

ހއ. ވަށަފަރު ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތް ރަނގަޅުކޮށް ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އަތޮޅުތެރޭގައި ފުލުހުން މަސައްކަތްކުރާނެ ރަނގަޅު އޮނިގަނޑެއް އެކުލަވާލައި، ރަށުގެ ކައުންސިލާއި މުއައްސަސާތަކާ ގުޅިގެން އެކީގައި ދެމެހެއްޓެނިވި ގޮތުގައި ހަރުދަނާކުރުމަށް މި އޮނިގަނޑު މަގުފަހިކުރާނެ ކަމަށް ވިދާވިއެވެ.

“ފުލުހުން ތިބުމުން އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް މިރަށުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން. މިއަދު ވަށަފަރު ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފެށިގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް.” ކޮމިޝަނަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ވަށަފަރަކީ ކުށްމަދު ރަށެއްކަން ފާހަގަވެފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެހެންކަމުން އެ ރަށުގައި ގާއިމުވެތިބޭ ފުލުހުންނަކީ ހަމައެކަނި ބޮޑުކަމެއް ދިމާވުމުން އެތަނަށް ހާޒިރުވާންތިބޭ ފުލުހުންނަށް ނުވުމަށާއި، ރަސްމީ ޑިއުޓީގަޑީގައި ވީހާވެސް ބޮޑަށް ރަށުތެރޭގައި ހަރަކާތްތެރިވެ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކޮމިޝަނަރ އެދިލެއްވިއެވެ.

މިއަދު އޮންލައިން