ސައްޚަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ސޯޝަލް މީޑިއާގަ ނުފެތުރުމަށް ފުލުހުން އެދިވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ސައްޚަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ސޯޝަލް މީޑިއާގަ ނުފެތުރުމަށް ފުލުހުން އެދިވަޑައިގެންފި

ސައްޚަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ސޯޝަލް މީޑިއާގަ އާއި އެހެނިހެން ވަސީލަތްތަކުގައި ނުފެތުރުމަށް ފުލުހުންގެ ޚިދުމަތުން އެދިވަޑައިގެންފިއެވެ.

ފުލުހުން މިކަމަށް އެދިވަޑައިގަތީ މިމަހުގެ 05 ވަނަ ދުވަހު ދުވަހުގެ ރޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވެފައިވާ ޙަސަން ސަމާޙްއާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަ ފަތުރަމުންދާތީއެވެ.

ފުލުހުން ވިދާޅުވީ މިމަހުގެ 05ވަނަ ދުވަހުގެ ރޭ 2:48 އެހައިކަންހާއިރު، ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ލ. އިސްދޫ / ބީޗްހައުސް، ޙަސަން ސަމާޙް ނިޔާވެފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި، މިހާތަނަށް ލިބިފައިވާ މައުލޫމާތު އެއްވެސް ފަރާތަކާ އެ ޚިދުމަތުން ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.

އަދި މި ހާދިސާއާ ގުޅިގެން އަސާސެއް ނެތް ތަފާތު ތުހުމަތުތައް ކުރުމަކީ މަރުހޫމްގެ އާއިލާއަށް އިތުރު ހިތްދަތިކަން ލިބި، ފުލުހުން ހިންގަމުންގެންދާ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއްކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދެކޭ ކަމަށެވެ. އެހެންކަމުން، ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ސޯޝަލް މީޑިއާގަ އާއި އެހެނިހެން ވަސީލަތްތަކުގައި ނުފެތުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން