މާލޭގައި ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި ޒަޚަމްތަކާއެކު އޮތް މީހަކު ފެނިއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
މާލޭގައި ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި ޒަޚަމްތަކާއެކު އޮތް މީހަކު ފެނިއްޖެ!

މާލޭގެ މާފަންނު ސަރަޙައްދުގައި ހުރި ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި ޒަޚަމްތަކާއެކު އޮތް ދިވެހި ފިރިހެނަކު ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފަިވަނީ ގެސްޓްހައުސްގެ ކޮޓަރިއެއްގައި އުޅޭ މީހެއްގެ ޚަބަރެއް ނުވާކަމަށް މިއަދު ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސް ބެލިއިރު، ޒަޚަމްތަކާއެކު އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި ޒަޚަމްވެފައިވާ މީހާއަކީ ދިވެހި ފިރިހެނެއްކަން ފުލުހުން ހާމަކޮށްފައިވެއެވެ. އަދި އޭނާ ވަނީ ފަރުވާ ހޯދުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައެވެ. ހޮސްޕިޓަލުން ދިިން މަޢުލޫމާތާ ހަވާލާދީ ފުލުހުން ބުނެފައިވަނީ، މިވަގުތު އޭނާއަށް ފަރުވާދެމުން އަންނަނީ އިންޓެންސިވް ކެއަރ ޔުނިޓުގައި ކަމަށެވެ.

މި ހާދިސާ ހިނގި ގެސްޓްހައުސްގެ ނަން ނުވަތަ ވަކި ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައިގައި އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިއަދު އޮންލައިން