މަންކީޕޮކްސް ގާތަށް! ޔޫއޭއީން ޕާކިސްތާނަށް ދަތުރުކުރި 3 މީހަކު ޕޮޒިޓިވްވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 35ސ
މަންކީޕޮކްސް ގާތަށް! ޔޫއޭއީން ޕާކިސްތާނަށް ދަތުރުކުރި 3 މީހަކު ޕޮޒިޓިވްވެއްޖެ!

ޔޫއޭއީ އިން ޕާކިސްތާނަށް ދަތުރުކުރި 3 މީހަކު މަންކީޕޮކްސްއަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންދާކަމަށް ޕާކިސްތާނުގެ ޞިއްޙީ އިދާރާއިން ހާމަކޮށްފިއެވެ.

އެއިދާރާއިން ބުނެފައިވަނީ ޕާކިސްތާނުގައި ދިރިއުޅޭ ރައްޔިތެއްގެ ގައިން އަދި މަންކީ ޕޮކްސް ފެނިފައިނުވާ ކަމަށެވެ. މިމީހުންގެ ގައިން ފެނިފައިވަނީ ކޮން ވައިރަންޓެއް ކަން އަދި ހާމައެއް ނުކުރެއެވެ. 

މިދިއަ އާދިއްތަ ދުވަހު ޔޫއޭއީ އިންވަނީ 3 މީހަކު މަންކީޕޮކްސްއަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. 

ކޮރޯނާ ފަދައިން މަންކީޕޮކްސްވެސް ޑަބްލީޔޫއެޗްއޯއިން މިހާރުވަނީ ދުނިޔެއަށް އޮތް ޞިއްޙީ ނުރައްކަލެއް ކަމަށް ކަނޑައަޅައިފައެވެ.

 

މިއަދު އޮންލައިން