ހުކުރު ދުވަހު ހަވީރު މާލެގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ހުކުރު ދުވަހު ހަވީރު މާލެގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

މިއަންނަ ހުކުރު ދުވަހު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މާލެ ސިޓީ ކައުންސިލުން ވަގުތީގޮތުން މަނާކޮށްފިއެވެ.

މިކަމާގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ ޤައުމީ ކެޑޭޓް ކޯ އާއި ޤައުމީ ދިފާޢީ ބާރުން އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މި ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދިމާވާނެ ދަތިތައް ހައްލުކުރުމަށްޓަކައި އަންނަ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ. 

މިނިވަން ދުވަހު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބާއްވަން ތާވަލުކުރި ޝަރަފުގެ ހިނގާލުން ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުންނެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވޭ މި ޚާއްޞަ ހަރަކާތަކީ ޤައުމީ ފެންވަރުގައި ބޭއްވޭ މުހިންމު ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ. 

މިއަދު އޮންލައިން