އެމްއެންޑީއެފްގެ "ޝަރަފުގެ ހިނގާލުން" މާދަމާ ހަވީރު މާލޭ ސިޓީގައި ބޭއްވުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އެމްއެންޑީއެފްގެ "ޝަރަފުގެ ހިނގާލުން" މާދަމާ ހަވީރު މާލޭ ސިޓީގައި ބޭއްވުމަށް ނިންމައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ "ޝަރަފުގެ ހިނގާލުން" މާދަމާ ހަވީރު މާލޭ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

މިކަމާގުޅިގެން އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:15 ގައި ބަންޑާރަކޮށިންނެވެ.

މި ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެ ކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށް ކަމަށްވެސް އެ މުއައްސަސާއިން ހާމަކުރެއްވިއެވެ.

މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ޢާންމުކޮށް ބާއްވަމުން އަންނަ ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަންފަދަ ހަރަކާތްތައް ނުބާއްވަން ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް، މި ހިނގާލުމަކީ މިނިވަން ދުވަހާ ގުޅިގެން ބާއްވާ ޚާއްޞަ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމެކެވެ.

މިއަދު އޮންލައިން