މި 3 ޙާލަތުގަ އާޔަތުލްކުރުސި ކިޔަވަމުން ގެންދާނަމަ ދަގަތްފާނަށް ދަގަނޑުދަމާހެން މީހާ ސުވަރުގެއާ ދިމާއަށް ދަމާބާރަކަށްވާނެ!: އިން ޝާ ﷲ: މުފްތީ މެންކް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މި 3 ޙާލަތުގަ އާޔަތުލްކުރުސި ކިޔަވަމުން ގެންދާނަމަ ދަގަތްފާނަށް ދަގަނޑުދަމާހެން މީހާ ސުވަރުގެއާ ދިމާއަށް ދަމާބާރަކަށްވާނެ!: އިން ޝާ ﷲ: މުފްތީ މެންކް

މިއުޅެނީއަކީ އާޔަތުލްކުރުސިއަކީ ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި ޢާޔަތްކަމުގެ ވާހަކަ ދައްކާކަށް ނޫނެވެ. އެކަން ޙަދީޘްފުޅުން ޘާބިތުވާކަން އެންމެންނަށްވެސް އެނގޭނެއެވެ.  

މިވިސްނައިދެނީ މި 3 ޙާލަތުގައި (ވަޤުތުގައި) އާޔަތުލްކުރުސި ކިޔަވާނަމަ އެމީހަކު ސުވަރުގެއާއި ދިމާއަށް ދަމައިގަންނަ ސަބަބުތަކެވެ.  

1- ހެނދުނާއި ހަޥީރު އާޔަތުލްކުރުސި ކިޔަވާ މީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އެއިރުން ޝައިޠޯނާއަށް ކައިރިއެއް ނުވެވޭނެއެވެ. ވީމާ ކުރެވޭނީ ޙެޔޮ ޢަމަލުތަކެވެ. އެހެރަ ދެވެނީ ސުވަރުގެއާ ދިމާއަށެވެ.  

2- ދެވަނައަށް އޮތީ ކޮންމެ ނަމާދެއްގެ ފަހުގައި ކިޔެވުމެވެ. ޙަދީޘްފުޅުގައި އޮތީ ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލްކުރުސި ކިޔާނަމަ އެމީހާ އާއި ސުވަރުގެ އާއި ދެމެދުގައި އޮތް ހުރަހަކީ މަުވުން ކަމެވެ.  

3- ވަނައީ ނިދުމުގެ ކުރިން ކިޔެވުމުން ނިދީން ހޭލެވެންދެން އެމީހެއްގެ ޙިމާޔަތުގައި މަލާއިކަތަކު ބަހައްޓަވައިދެއްވަވާނެ ކަމެވެ. ވީމާ ނިދީގައި އޮންނައިރު ޝައިޠޯނާއަށް ކައިރިއެއް ނުވެވޭނެ ހޭލެވޭނީ ތާޒާކަންމަތީގައެވެ. ﷲ ތަޢާލާގެ މަގުގައި ދުވަސްފަށާނެ ހިތްވަރާއިއެކުގައެވެ.  

ހަމައެކަނި މި 3 ކަންތަކަށް ވިސްނައިލިނަމަވެސް އާޔަތުލް ކުރުސި ކިޔަވާނަމަ އެކަން އެއީ އެމީހަކު ސުވަރުގެޢާއިދިމާއަށް ދަމައި ގެންދާނެ ވަރުގަދަ ބާރަކަށްވާނެ ކަމާއި ދުނިޔޭގައިވެސް އެތައް ގޮތަކުން އެކަމުގެ ފައިދާކުރާނެކަން އެނގިގެންދިއައީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން