ސުވަރުގެ އެދޭމީހާ ﷲ ތައާލާގެ ލޯބިވެވޮޑިގަތުމާއި ރުހިވޮޑިގަތުން އަދި ﷲ ތަޢާލާގެ ރަހްމަތްފުޅަށް އެދެއެވެ. އެފަދަ މީހާ ﷲ ތަޢާލާއަށް އަޅުކަން ކުރާނީ އިޚްލާޞްތެރިކަމާއި ބިރުވެތިކަމާއިއެކު އަދި އުންމީދާއިވެސް އެކުގައެވެ.
މުސްލިމުން ބިރުވެތިވަނީ ކުރެވޭ ފާފައިގެ ސަބަބުން ﷲ ތަޢާލާ ދެއްވަވައިފާނެ ގަދަފަދަ ޢަޛާބަށެވެ. ކުރިމަތިކުރައްވަވައިފާނެ މުޞީބާތްތަކަށެވެ. މުސްލިމުން ﷲ ތަޢާލާގެ ތަޢާލާގެ ޙަޟްރަތުން އުންމީދު ކުރަނީ ފާފަ ފުއްސަވައި ދެއްވެވުމަށާއި ހެޔޮ ރަޙްމަތް މިންވަރުކޮށް ދެއްވެވުން އެދިއެވެ.
މުސްލިމް ﷲ ތަޢާލާއަށް ލޯބިކުރަނީ އެންމެ ބޮޑަށް ލޯބިވާންޖެހޭ ފަރާތަކީ ﷲ ތަޢަލާ ކަމުގައިވާތީއެވެ. ހެޔޮ ރަޙްމަތް މިންވަރުކޮށްދެއްވަވާތީއެވެ! އެންމެހައި ނިޢްމަތްތަކެއް ދެއްވަވާތީއެވެ. އެދި ދުޢާޢިޖާބަކުރައްވަވައި އެދޭ ކަންކަން ހިންމަވައި ދެއްވަވާތީއެވެ.
ﷲ ތަޢާލާއަށް ލޯބިކުރުމަކީ އީމާންކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި މީސްތަކުންނަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމަށް ޤަބޫލުކުރުމަކީ ވެސް އީމާން ކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ބޭނުން މީހާއަށް އޮތީ ކީރިތި ޤުރްއާނަށް އަމަލުކުރުމެވެ. އެއިރުން ދެއްވަވާ މަތިވެރި ދަރަޖަ އެނގޭ ހެއްޔެވެ؟ އުޑުތަކުގައި އެދަނީ ތިބާގެ ނަން ގުގުމައިގެންނެވެ. ދުނިޔޭގައި ތިބި މީހުންގެ ހިތްތައް އެދަނީ ތިބާއަށް ލޯބިން ފުރިގެންނެވެ. މިހުރިހާ ކަންކަމަށް އޮތް ތަޅުދަނޑިއަކީ ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބުމެވެ.
މިހަދީޘްފުޅު ކިޔައިލާށެވެ!
Abu Hurayrah (may Allah be pleased with him) reported that the Prophet (peace be upon him) said, “When Allah loves a slave, calls out Jibril and says: ‘I love so-and-so; so love him.’ Then Jibril loves him. After that he (Jibril) announces to the inhabitants of heavens that Allah loves so- and-so; so love him; and the inhabitants of the heavens (the angels) also love him and then make people on earth love him”. (Bukhari and Muslim)
– އިސްލާމީ ތިލަފަތުގެ ދަރުސަކުން