ކަހްފި ސޫރަތް ކިޔަވަން އެންމެ ރަނގަޅު ވަޤުތަކީ ކޮބާ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 51ސ
ކަހްފި ސޫރަތް ކިޔަވަން އެންމެ ރަނގަޅު ވަޤުތަކީ ކޮބާ؟

ހުކުރުވިލޭރެއިން ފެށިގެން ހުކުރު ދުވަސް ފެށުނީކަން ފާހަގަކޮށް ކަހްފި ސޫރަތް ކިޔަވަން އެންމެ ރަނގަޅު ވަޤުތަކީ ކޮބައިތޯ ސުވާލުކުރުމް ޝައިޚް އާޞިމް އަލްޙަކީމް ވިދާޅުވެފައިވަނީ މިފަދައިންނެވެ.

"ތިއައީވެސް ބައެއް ޢިލްމްވެރިންގެ މެދުގައި ޚިލާފް ހުރި މައްސލައެކެވެ. އަހުރެންގެ ވިސްނުމަށް ޤަބޫލުކުރެވޭ ގޮތަށް ނަމަ ހުކުރު ވިލޭރެއަކީ ހުކުރުވިލޭރެއެވެ. ހުކުރު ދުވަހަކީ ހުކުރު ދުވަހެވެ. ހުކުރުވިލޭރޭ ކުރަން އަންގަވާފައިވާ ކަންކަން ކުރެވޭނީ ހުކުރުވިލޭރޭގައެވެ. ހުކުރު ދުވަހު ކުރަން އަންގަވާފައިވާ ކަންކަން ކުރަންޖެހޭނީ ހުކުރު ދުވަހުއެވެ. 

ދެން އޮތީ ކަހްފި ސޫރަތް ކިޔެވުމުގެ މައްސަލައެވެ. ޙަދީޘްފުޅުގައި އޮތީ ހުކުރު ދުވަހު ކިޔެވުމަށެވެ. ވީމާ ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔަވަން އެންމެ ރަނގަޅު ވަޤުތެއް ކަމަށް އަހުރެން ބުނާނީ ފަތިސްނަމާދުން ފެށިގެންނެވެ. (މާނައީ ފަޖުރުލުމުންނެވެ.) ކިޔެވުމުގެ ވަޤުތު އިރުއޮއްސުމާއި ހަމައަށް ދެމިގެންދެއެވެ. ހުކުރު ދުވަހުގެ ކޮންމެ ވަޤުތެއްގައި ކިޔެވިނަމަވެސް އަޖުރު ދެއްވަވާނެތެވެ. އިން ޝާ ﷲ

މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ!  

- ޝައިޚް ޢާޞިމް އަލްޙަކީމް

 

މިއަދު އޮންލައިން