ދެއްވަވާ ޘަވާބުގެ އިތުރުން ސިޙުރާ އެސްފީނާއިން ސަލާމަތްވެ ހުރުމަށްވެސް މިއީ ބަހާލައިގެންނަމަވެސް ކޮންމެ ދުވަހަކު ސަތޭކަފަހަރު ހަމަކޮށް ކިޔުން މިހުންމު ޛިކުރެއް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދެއްވަވާ ޘަވާބުގެ އިތުރުން ސިޙުރާ އެސްފީނާއިން ސަލާމަތްވެ ހުރުމަށްވެސް މިއީ ބަހާލައިގެންނަމަވެސް ކޮންމެ ދުވަހަކު ސަތޭކަފަހަރު ހަމަކޮށް ކިޔުން މިހުންމު ޛިކުރެއް!

މިހާރަކަށް އައިސް މީހުންގެ ވަޤުތު ހުންނަގޮތުން ޛިކުރުކުރަން ގިނަ ވަޤުތު އެއްފަހަރާ އިންނަން އުނދަގޫވެދާނެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ މިއީ ފަރުޟް 5 ނަމާދަށްފަހު ބަހާލައިގެންވެސް ކޮންމެ ދުވަހަކު ސަތޭކަފަހަރު ހަމަކޮށް ކިޔުން މިހުންމު ޛިކުރެއް ކަމަށެވެ. 

އެއިރުން ކޮންމެ ނަމާދަކަށްފަހު ކިޔަންޖެހޭނީ 20 ފަހަރުއެވެ. އެއިރުން މަޑުކޮށްލަން ޖެހޭނީ އެންމެ 3، 4 މިނިޓްއިރެވެ. އެހައިއިރުކޮޅަކު މަޑުކޮށްލުމުން ލިބެން އޮތް ބޮޑުފައިދާތަކަށް ވިސްނައިލާށެވެ! 

لا إله إلا الله وحده لا شريك له، له الملك وله الحمد، وهو على كل شيء قدير 

މިޒިކުރު ދުވާލެއްގެ މައްޗަށް 100 ފަހަރު ކިޔައިފިނަމަ: 1- 10  އަޅުން މިނިވަންކުރި ފަދަ  2- 100  ހެޔޮކަން ލިޔުއްވޭނެ  3- 100 ފާފަ ފުއްސެވޭނެ 4- ޖިންނި ޝައިތާނުންގެ ކިބައިން ރައްކާތެރިކަން ލިބޭނެ (متفق عليه)- ޝައިޚް އަޙްމަދު ރިމާޒް 

ޖިންނި ޝައިޠޯނުންގެ ކިބައިން ސަލާމަތްވެ ހުރެވުމަކީ ސިޙުރާއި އެސްފީނާއިންވެސް ސަލާމަތްކަން ލިބެން އޮތް މަގެކެވެ. އިން ޝާ ﷲ

 

 

 

 

މިއަދު އޮންލައިން