ނަތީޖާއަކަށްވާނީ، ރައްޔިތުންނަށް ހަމަޖެހުމާ ހިތްހަމަޖެހުމާ ރައްކާތެރިކަން ލިބި ޤައުމުގެ މިނިވަންކަން ޔަޤީންކުރުމުގަ މި ކުރެވޭ މަސައްކަތުގައި، ކާމިޔާބީތަކެއް ހާސިލުވެގެން ދިއުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 14ސ
ނަތީޖާއަކަށްވާނީ، ރައްޔިތުންނަށް ހަމަޖެހުމާ ހިތްހަމަޖެހުމާ ރައްކާތެރިކަން ލިބި ޤައުމުގެ މިނިވަންކަން ޔަޤީންކުރުމުގަ މި ކުރެވޭ މަސައްކަތުގައި، ކާމިޔާބީތަކެއް ހާސިލުވެގެން ދިއުން: ރައީސް

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވަޑައިގެންތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ކައުންސިލަރުން، ބޭރުގެ ސަފީރުން އަދި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ. 

މިރޭ މި ތަނުގައި ވަރަށް މުހިންމު ދެ ޚިދުމަތެއް އިފުތިތާހުކުރެވިގެން މިދިޔައީ. ރައްޔިތުންނާގާތުން ޚިދުމަތް ދިނުމުގެ ސިޔާސަތުގެދަށުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ޝާމިލުވާ ދެ މަސައްކަތް ފެށިގެން މިދިޔައީ. އިރާދަކުރެއްވިއްޔާ
މީގެ ނަތީޖާއަކަށްވާނީ، ރައްޔިތުންނަށް ހަމަޖެހުން، ހިތްހަމަޖެހުން، ރައްކާތެރިކަން ލިބުން. އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ޔަޤީންކުރުމުގައި މި ކުރެވޭ މަސައްކަތުގައި، ކާމިޔާބީތަކެއް ހާސިލުވެގެން ދިޔުން. 

އާދެ، މި ޤައުމުގައި އެތައްހާސް، އެތައްލައްކައެއްގެ، އަދަދުވެސް ނޭނގޭހައި ގިނަ ބޭރުމީހުން މަސައްކަތް ކުރަމުންދާ ވާހަކަ އަޅުގަނޑުމެން އަބަދުވެސް މި އަޑު އަހަނީ. ޤައުމުގެ މިނިވަންކަމަށް ބުރޫއަރާ ކަންތައްތަކުގެ ތެރޭގައި، އެ ޤައުމެއްގައި، އެ ޤައުމެއްގެ ރައްޔިތުން ނޫންބަޔަކު އުޅެމުންދާނަމަ، އެ ބަޔަކާބެހޭ މަޢުލޫމާތު ނޭނގޭނަމަ، އެކަންވެގެންދާނެ. މިދިޔަ ދުވަސްތަކުގައި މިކަމަށް އެކަށީގެންވާ ޙައްލެއް ނައިސް އޮތީމަ މި ހިސާބަށް މި މައްސަލަގޮސްފައި މި އޮތީ. 

އެހެންވީމާ، މިއަދު މި ފެށިގެންދާ މަސައްކަތުގެ ނަތީޖާއަކަށްވާނީ، އަޅުގަނޑުމެންގެ މި ޤައުމުގައި، އެކި ކަންކަމުގައި ދިރިއުޅެމުންދާ ބޭރުމީހުންގެ މައުލޫމާތު އެއްކުރެވި، އޭގެތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދަނީ ކޮންބަޔެއްތޯ އެނގިގެންދިޔުން. ދެން އޭގެފަހުން، އޭގެތެރެއިން މި ރާއްޖެއިން ފޮނުވާލަންޖެހޭ ފަރާތްތައް ފޮނުވައިލެވި، އަދި ނިޒާމުގެތެރެއިން މަސައްކަތްކުރުމުގެ ފުރުޞަތު ދޭންޖެހޭނެ ފަރާތްތަކަށް އެކަން ފަހިކުރެވިގެންވެސް ދާނެ. މިއީ، ވަރަށް ބޮޑުވެފައިއޮތް މައްސަލައެއް. މި މައްސަލަ އިރާދަކުރެއްވިއްޔާ ޙައްލުކުރުމުގައި، ތިޔަ ހުރިހާ ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުން އަޅުގަނޑުމެންނަށް ލިބުމާ އެކީގައި، ރާއްޖޭގޭ ހުރިހާ ރަށެއްގެ ކައުންސިލުތަކާއި، ކަމާގުޅޭ ހުރިހާ މުއައްސަސާތަކާ ގުޅިގެން ކުރެވޭ މަސައްކަތުގެ ނަތީޖާއަކަށްވެގެން ދާނީ އިރާދަކުރެއްވިއްޔާ މިކަމަށް ރަނގަޅު ޙައްލެއް އައުން. އޭރުން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމުގައި، މި ބޮޑުވެފައިވާ ގިނަ މައްސަލަތަކުގެ ތެރެއިން މުހިންމު މައްސަލައަކަށް އެ ޙައްލު ލިބިގެންދަނީ. 

"ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަންސް ކުރަނގި" ފޭސް 2 އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން