ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފައިބަން ޖެހޭނެ ކަަމަށްއައިސީޖޭ އިން ނެރުނު ލަފަޔަށް ރައީސް މަރުޙަބާވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފައިބަން ޖެހޭނެ ކަަމަށްއައިސީޖޭ އިން ނެރުނު ލަފަޔަށް ރައީސް މަރުޙަބާވިދާޅުވެއްޖެ

ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފައިބަން ޖެހޭނެ ކަަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފަޔަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އައިސީޖޭގެ އެ ލަފައަށް މަރުހަބާ ކިޔާ ކަމަށާއި ގަދަބާރުން އިސްރާއިލުން ފަލަސްތީނުން ހިފައިފައިވާ ސަރަހައްދުތަކުގައި ތިބި ތިބުން ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ ކަމެއްގެ ގޮތުގައި ބަލައިގަތުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއްގެ ހައްގު ލިބިގެންވާކަން އަންގައިދޭ ކަމެއް ކަމަށެވެ.

ގަދަބާރުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއިލުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުން ވަގުތުން ވަގުތަށް ހުއްޓައިލަން ރައިސް ވަނީ ގޮވައިލައްވާފައެވެ. އަދި ނުހައްގުން ގަދަބާރުން ވެރިވެގަތުމުގެ ތެރޭގައި ލިބިފައިވާ ގެއްލުންތަކުގެ ބަދަލުދިނުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. ރައީސްގެ މެސެޖްގައި އިތުރަށް ވިދާޅުވީ ދުނިޔޭގެ ކޯޓުގެ އެ ލަފައާއެކު ރާއްޖެއިން އަދިވެސް ދެމި އޮންނާނީ ފަލަސްތީނަށް 1967ގެ ކުރިން އޮތް ބޯޑަރާ އެއްގޮތަށް، މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައަޅައިދޭނެކަމުގެ އުންމީދުގައި ކަމަށެވެ. 

އައިސީޖޭން މިއަދު ނެެރުނު ލަފާގައިވަނީ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކުރުވުމުގެ ހުރިހާ ހަރަކާތެއް އިޒްރޭލުން މިހާރުން މިހާރަށް ހުއްޓާލައި, ހިފާފައިވާ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ މީހުން އެ ތަންތަން ދޫކޮށް ދާންޖެހޭނެ ކަމަށެވެ.

މިއަދު އޮންލައިން