ހާފިޒުން ދަސްވެނިވާ އިރު ލާ ގައުން ފަރުމާކުރަން އަންނަ ހަފްތާގައި އިއުލާންކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މި ގައުން އިން އިސްލާމީ ޘަޤާފަތާއި ޢިލްމާއި ޙަޟާރަތުގެ ރަމްޒުވާނެ ކަމަށެވެ.
"އަޅުގަނޑު ދިވެހި ދައުލަތް ހިންގަން ބޭނުންވަނީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތަށް. ދިވެހީންނަށް އެންމެ މަޞްލަޙަތާއި ރައްކާތެރިކަން ހުރި ގޮތަށް. އެ ގޮތުން އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރު ދިނުމަކީ އަޅުގަނޑު އެންމެ އިސްކަން ދޭނެ ޤައުމީ އެއް ވާޖިބު. އެކަމަށްޓަކައި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނަން. ކީރިތި ޤުރްއާން ހިތުދަސް ޙާފިޡުން އުފެއްދުމަށް އަދި އެ ކަމަށް ހިތްވަރުދީ މަގުކޮށައިދިނުމަށް ވަރަށްބޮޑު ސަމާލުކަމެއް ދޭނަން. ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރި ވެގެންދިޔުމަކީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތް. އެއީ، ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން ލިބޭ ހަމައެކަނި މަގު"
- ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން