މިސްކިތްތަކުގައި ޤާރީ ކްލާސް ހިންގުމަށް މި ހަފްތާގައި ހުއްދަ ދޫކުރަން ފަށާނެ!: އިސްލާމިކް މިނިސްޓްރީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
މިސްކިތްތަކުގައި ޤާރީ ކްލާސް ހިންގުމަށް މި ހަފްތާގައި ހުއްދަ ދޫކުރަން ފަށާނެ!: އިސްލާމިކް މިނިސްޓްރީ

މިސްކިތްތަކުގައި 2 ނަމާދު ދޭތެރޭގައި (ޤާރީ ކްލާސް) ހިންގުމަށް މި ހަފްތާގައި ހުއްދަ ދޫކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. 

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި ކްލާސްތަކުގައި އިމާމުންނާއި ޤުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދީ ދަސްކޮށްދީ ހެދޭނެކަމަށާއި މިކަމަށް ޝައުޤުހުރި ފަރާތްތަކުން ފޯމު ލުމަށް މި ހަފްތާގައި ހުޅުވައިލާނެ ކަމަށެވެ. .

" އާދެ، ޝައްކެއް ނެތް! ކީރިތި ޤުރްއާނަކީ މުސްލިމުންގެ ދުސްތޫރު. އިސްލާމުންގެ ހަޔާތުގެ ހުރިހާ ކަމެއް ބައްޓަންވެގެންދަނީ އެ މާތްފޮތުގެ ވަށައިގެން. އަދި އެ މާތްފޮތް ތަފުސީލުކޮށްދޭ މޫރިތި ނަބަވީ ސުންނަތުގެ ވަށައިގެން. އެހެންކަމުން، މުސްލިމުންގެ ދިރިއުޅުމުގެ މަދަކީ، ނާރެހަކީ މާތްވެގެންވާ ކީރިތި ޤުރްއާން. އަޅުގަނޑުމެން މުސްލިމުން ޙައްޤާއި ބާޠިލު، ރަނގަޅާއި ނުބައި ދެނެގަންނަނީ އަދި އެކަން ކަނޑައަޅަނީ މި މާތް އިލާހީ ބަސްފުޅުތަކުން."

"އަޅުގަނޑުމެން ދިވެހީންނަށް ބަލާއިރު، ދިވެހީންނަކީ އިސްލާމްދީންމަތީގައި ދެމިތިބޭތާ މިހާރު ގާތްގަނޑަކަށް ނުވަސަތޭކައެއްހާ އަހަރުވަމުންދާ ބައެއް. މި ދިގު މުއްދަތުގައި އަޅުގަނޑުމެންނާ ކީރިތި ޤުރްއާނާ ދެމެދު އުފެދިފައިވަނީ ވަރަށް މަތިވެރި ފުން ގުޅުމެއް. ދިވެހީންގެ ސަގާފަތަކީ ތުއްތުކުދީންނަށް އަކުރު އުނގަންނައިދޭން ފަށާ ހިސާބުން ކީރިތި ޤުރްއާން ދަސްކޮށްދޭން ފެށުން. އެކަން ކޮންމެ މަންމަޔަކު އައީ ކުރަމުން. އަދި ވަކި ހިސާބަކަށް ދިޔުމުން އެދުރުގެތަކަށް ފޮނުވައިގެން ކިޔެވުން ދަސްކޮށްދޭން ފެށުނު. ދަރީންނަށް ކީރިތި ޤުރްއާން ކިޔަވާށާއި ލިޔާން ދަސްކޮށް ދިނުމަކީ ދިވެހީންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް. ކޮންމެ ރެޔެއްގެ މަޣްރިބު ނަމާދާއި ޢިޝާނަމާދާ ދެމެދު ކޮންމެ ގެޔެއްގައި ކީރިތި ޤުރްއާން ކިޔެވުން އޮވޭ. ކޮންމެ ކުއްޖަކު ވަކި އުމުރަކަށް ދިޔުމުގެ ކުރިން ޤުރްއާން ޚަތިމުކޮށް ދަސްކިޔުއްވުން އޮވޭ. އެއީ އެ ޒަމާން."

- ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

 

މިއަދު އޮންލައިން