ޙާފިޒުން ދަސްވެނިވާ ޙަފްލާ އަކީ ވަކިން ކުލަގަދަކޮށް ބާއްވާ ޤައުމީ ފެންވަރުގެ ބޮޑު ޙަފްލާއަކަށް ހަދަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އަންނަ އަހަރުން ފެށިގެން ޙާފިޒުން ދަސްވެނިވާ ޙަފްލާއަކީ އެއީ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރާ ޙަފްލާއާ ވަކިން ބޭއްވޭ ޤައުމީ ފެންވަރުގެ ބޮޑު ޙަފްލާއަކަށް ހަދަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.
ޙާފިޒުކަމުގެ ސަނަދު ޙާޞިލުކުރާ ފަރާތްތަކަށް ރަންތާޖާއި، އެކަމުގެ ލިޔުން މިހާތަނަށް ޙަވާލުކުރަމުން ދިޔައީ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރަމަށް ބާއްވާ ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި އަހަރު ޤުރްއާން ހިތުދަސްކޮށްގެން ހާފިޒުކަމުގެ ހަނދާނީ ލިޔުން 32 ފަރާތަކަށް ލިބެއެވެ.