ދީނީ ކަންކަމަށް ޚަރަދުކުރާނެ މާލީ ފުދުންތެރިކަން ހޯދަން އިތުރު 2 ވަޤްފް ޢިމާރާތް ސަރުކާރުން އަޅަނީ-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ދީނީ ކަންކަމަށް ޚަރަދުކުރާނެ މާލީ ފުދުންތެރިކަން ހޯދަން އިތުރު 2 ވަޤްފް ޢިމާރާތް ސަރުކާރުން އަޅަނީ-

މިސްކިތްތަކަށާއި އެނޫންވެސް ދީނީ ކަންކަމަށް ޚަރަދުކުރާނެ ފައިސާ އިތުރުކުރަން އިތުރު 2 ވަޤުފް ޢިމާރާތް އެޅުމަށް މިސަރުކާރުން މަސައްކަތްކުރަމުން އަންނަކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. 

"މިގޮތުން ބަލާއިރު، މި ވަގުތު މާލޭގައި ހުރީ "ދާރުލް އީމާން"ގެ ނަމުގައި ހުރި އެންމެ ވަޤުފު އިމާރާތެއް. މި އިމާރާތަށް އަހަރަކު ލިބެނީ ހައެއްކަ މިލިޔަން ރުފިޔާ.މި ސަރުކާރުގެ ވިސްނުމަކީ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހޭދަޔަށް މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުން. އެހެންކަމުން، "ދާރުއްސަލާމް"ގެ ނަމުގައި އާ ވަޤުފު އިމާރާތެއް އެޅުމަށްޓަކައި މަސައްކަތް ކުރެވެމުން އެބަދޭ. ހަމަ އެހެންމެ "ދާރުލްއަރްޤަމް"ގެ ނަމުގައި އެހެން ވަޤުފު އިމާރާތެއް އެޅުމަށް ބިމެއް ހަމަޖެހި، އެ ބިން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިހާރު އެދަނީ ކުރިއަށް ގެންދަމުން". 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިކަން ހާމަކުރައްވާފައިވަނީ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު އޮންލައިން