20 އިމާމުން ތަމްރީނުހޯދަން ބުރުނާއީއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
20 އިމާމުން ތަމްރީނުހޯދަން ބުރުނާއީއަށް!

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިރޭ ބުރޫނާއި ދާރުއްސަލާމަށް ފުރާ 20 އިމާމުންނާއި އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ. 

މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުންދާ 3 ވަނަ ފަހަރތެވެ. މިގޮތުން މިހާރު ކުރިއަށްމިދާ ޜައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މިހާރުވަނީ 60 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވައިފައެވެ. 

ތަޖުވީދުމަގުން ކިޔަވަންވެސް އުނދަގޫ ބައެއް އިމާމުން މިހާރުވެސް މިސްކިތްތަކުގައި އެބަތިބިކަން ފާހަގަކުރެވޭއިރު އިމާމުކަމުގެ ވަޒީފާ ނުލިބިގެން ތަޖުވީދުމަގުން ކިޔަވަން އެނގޭ، ޤުރްއާނުގެ ޢިލްމްވެސްހުރި އެތައް ޒުވާނުން އިންތިޒާރުގައި މިހާރުވެސް އެބަތިބިކަން ފާހަގަކުރެއެވެ. 

ކޮންމެވެސް ޒަމާނެއްގައި ކޮންމެވެސް ގޮތަކުން ލިބިފައިވާ އިމާމްކަމުގެ ސަނަދުތައް އަލުން މުރާޖަޢާކުރަން ޖެހިފައިވާކަންވެސް ގިނަ ބައަކު ފާހަގަކުރެއެވެ. 

މިއަދު އޮންލައިން