ނޭޕާލްގެ އައު ބޮޑުވަޒީރަށް ރައީސް ޑރ.މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
ނޭޕާލްގެ އައު ބޮޑުވަޒީރަށް ރައީސް ޑރ.މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

ނޭޕާލްގެ ބޮޑުވަޒީރުކަމަށް ކަޑްގާ ޕްރަސާދް ސޮރްމާ އޮލީ އިންތިޚާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ނޭޕާލްގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ގުޅިގެން އިއްތިހާދެއް އެކުލަވާލައި, ބޮޑުވަޒީރު ކަމުގެ މަޤާމަށް ކަޑްގާ ޕްރަސާދް ސޮރްމާ އޮލީ ކާމިޔާބުކުރެއްވުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ދިވެހިރާއްޖެއާއި ނޭޕާލަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިއަދު އޮންލައިން