މަރުޙޫމް ޙުސައިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ޤައުމީ ޚިދުމަތްތެރިއެއް: ރައިސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
މަރުޙޫމް ޙުސައިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ޤައުމީ ޚިދުމަތްތެރިއެއް: ރައިސް

މަރުޙޫމް ޙުސައިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ޤައުމީ ޚިދުމަތްތެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޖުތަމަޢުއަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޙުސައިން ޝަރީފް އިއްޔެ ނިޔާވުމާއި ގުޅިގެން ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ރައިސް ވިދާޅުވީ މަރުޙޫމް ޙުސައިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ޤައުމީ ޚިދުމަތްތެރިއެއްކަމަށާއި މިސްކިތް ބިނާކުރެއްވުމާ، ނިކަމެތީންނަށާއި ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި މަރުޙޫމް ޝަރީފަކީ އިޙްސާންތެރި ބޭފުޅެއްކަމަށެވެ.

މަރުޙޫމް ޙުސައިން ޝަރީފް އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާކުރައްވާފައެވެ.

"ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާ ނިޢުމަތުގައި މަރުޙޫމް ޙުސައިން ޝަރީފް ލަހައްޓަވާށިއެވެ." ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން