"يا الله! ފާޙިޝް ކަންތައްތަކާއި ފަސާދަ، އަޅަމެންގެ ތެރެއިން ނެތިކުރައްވައި، އަޅަމެނަށް ހެޔޮ ވިސްނުން ދެއްވާނދޭވެ! ލިވާޠުގެ ނުބައި ޢަމަލުން ދުރުވުމުގެ ވިސްނުން އަޅަމެނަށް މިންވަރު ކުރައްވާނދޭވެ! ޖިންސީ ބަލިތަކުގެ ޝިކާރައެއްކަމުގައި އަޅަމެން ނުލައްވާނދޭވެ!"
މިދުޢާގައި ހިމެނޭ ކަންކަމަކީ ކޮންމެ މުސްލިމަކުވެސް އެކަންކަމުން ރައްކައުތެރިވުމަށް ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރަންޖެހިފައިވާ ކަންކަމެވެ. ފާޙީޝް ޢަމަލުކުރުނަ އިންތިހާއަށް އިތުރުވަނީއެވެ. ފަސާދަ ޢާންމުވެ ނިމިއްޖެއެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ ޢަމަލުތައްވެސް އަންނަނީ އިތުރުވަމުންނެވެ. އެބޮޑު ފާފައިގެ ސަބަބުން އާޚިރަތް ގެއްލުމުގެ އިތުރުން ދުނިޔޭގައި ހުއްޓައި ބޮޑެތި ބަލިތައް ޖެހެމުން އަންނައިރުވެސް ބިރުވެތި ނުވެވޭ މީހުން އަންނަނީ ގިންވަމުންނެވެ.
އެކަމަށް ސަމާލުކަން ކުޑަވެފައިވާ މިންވަރަކީ އެއްޖިންސުން ގުޅުން ހިންގާ މީހުންނަކީ ބަޠޮލުން ކަމަށް ބަލައިގަނެވޭ ހިސާބަށް މިވަނީ ކަންކަން މިވަނީ ގޮސްފައެވެ. މިހުރީ ބިރުވެތިވާންޖެހޭނެ ކަންކަމެވެ.
މިދުޢާއަކީ ޝައިޚް ޙަސަން ލަޠީފް ޢާންމުކުރެއްވި ދުޢާއެކެވެ. އެއިރު ފެންމަތިވެފައި އޮތް އެއްޖިންސުން ގުޅުން ހިންގުމުގެ ބޮޑު ބިޔަ މައްސަލަ އާއި ގުޅިގެންނެވެ. މިދުޢާޢަކީ ކުރުން ހުއްޓާލައިގެން ވާއޮތް ދުޢާއެއް ނޫނެވެ! ދުޢާގައި ހިމެނޭ ކަންކަމަކީ އެންމެ ބޮޑަށް ބިރުވެތިވާންޖެހޭ ކަންކަމަށްވެފައި ބާރަށް ފެތުރެމުން އަންނަ ބޮޑެތި ފާފަތަކަށްވާތީއެވެ.