އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު މުހިންމު ހަ މަހާސިންތާއެއް ބާއްވާން ނިންމަވައި އެ ކަން އިޢުލާނުކުރައްވައިފިއެވެ.
މީގެ ތެރޭގައި ޢިލްމުވެރީންގެ މަހާސިންތާއަކާއި ޖަމިއްޔާތަކުގެ މަހާސިންތާއަކާއި އިމާމުންގެ މަހާސިންތާއަކާއި ޒަކާތުގެ މަހާސިންތާއަކާއި ހައްޖާއި އުމްރާގެ މަހާސިންތާއަކާއި ފަތުވާ މަހާސިންތާއެއް ބާއްވަވާން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންވަވައިފައެވެ. މި މަހާސިންތާތައް ވަނީ އަންނަނިވި ގޮތުގެ މަތީން އަހަރުގެ އެކި މައްސަރުތަކަށް ބައްސަވައިލައްވައިފައެވެ.
- އިލްމުވެރީންގެ މަހާސިންތާ - އޮގަސްޓް 24
- ޖަމިއްޔާތަކުގެ މަހާސިންތާ - ސެެޕްޓެންބަރު 4
- އިމާމުންގެ މަހާސިންތާ - އޮކްޓޫބަރު 26
- ޒަކާތުގެ މަހާސިންތާ - އޮކްޓޫބަރު
- ހައްޖާއި އުމްރާގެ މަހާސިންތާ - އޮކްޓޫބަރު
- ފަތުވާ މަހާސިންތާ - ނޮވެންބަރު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒަރާއިން ވިދާޅުވީ މި މަހާސިންތާތަކުގެ ބޭނުމަކީ މި ދާއިރާތަކުން ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަޢުލޫމާތު މުއްސަނދިކަން އިތުރުކޮށް އެ މީހުންގެ ހޭލުންތެރިކަން އިތުރުކުރުންކަމަށެވެ.