އެކުވެރިންނަށްވެސް ޝެއާކޮށް އަންގައިދޭށެވެ!: އެންމެ ފުރިހަމަ ތައުބާއަކުން ތައުބާވެވޭނެ ގޮތް-: ބިލާލް އައްސަދު

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެކުވެރިންނަށްވެސް ޝެއާކޮށް އަންގައިދޭށެވެ!: އެންމެ ފުރިހަމަ ތައުބާއަކުން ތައުބާވެވޭނެ ގޮތް-: ބިލާލް އައްސަދު

އެންމެ ފުރިހަމަ ގޮތުގައި ތައުބާވެވޭނެ ގޮތަކާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންވެ ބުނެލާނަމެވެ. 

ފުރަތަމަ ކަމަކީ ތައުބާވުމުގެ ޝަރުޠުތައް ފުރިހަމަވާނެ ގޮތަށް ތައުބާވުމެވެ. އެއީ ފާފަކުރެވުނުކަން ޤަބޫލުކުރުމާއިއެކު ކުރެވެނު ފާފައާއިމެދު ހިތާމަކޮށް ދެން އެފަދަ ފާފައެއް ނުކުރަން ޢަޒުމް ކަނޑައަޅައި ކުރެވުނު ފާފަ ފުއްސަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ. 

ދެން ކުރަން އޮތްކަމަކީ އެފާފަ ކުރެވެން މެދުވެރިވި ނުވަތަ ފާފަކުރަން ހިތްވަރުލިބޭ، އެކަމަށް މަގުފަހިވާ ހުރިހާ ސަބަބުތަކެއް ނައްތައިލުމެވެ. އެއިގެ ތެރޭގައި ނުބައި އެކުވެރިން ތިބޭނަމަ އެބައަކާއި ދުރުހެލިވުން ހިމެނެއެވެ. ފާފަކުރަން ހިތްވަރުލިބޭ ތަންތަނަށް ނުދިއުން ހިމެނެއެވެ. ހަމައެހެންމެ ފޯނުން ނުވަތަ އެނޫންވެސް ވަސީލަތަކުން ފާފަކުރެވޭނަމަ އެކަމަށް ހުރަސްއަޅާ އެޕްތައް އަޅައި އެފަދަ ކަންކަން ނުކުރެވޭނެ ގޮތްވެސް ހަދަންވާނެއެވެ. އެއީ މިއަދު ކުރެވެން އޮތް ކަމެކެވެ. 

ދެން ކުރަން އޮތްކަމަކީ ފާފަފުއްސަވައި ދެއްވެވުން އެދިގެން ދުޢާކުރާ ފަދައިން ފާފަނުކޮށް ހުރުމުގެ ހިތްވަރު ދެއްވެވުން އެދި ދުޢާކުރަމުން ގެންދިއުމެވެ. އަދި ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އަދި ވީހާގިނައިން ހެޔޮ ޢަމަލުކުރަން މަސައްކަތްކުރުމާއި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރުމެވެ. 

ފާފައެއް ކުރެވުމުން ތައުބާވެ މިމަގުން ޢަމަލުކުރާނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. އިން ޝާ ﷲ. 

އެކުވެރިންނަށްވެސް ޝެއާކޮށް އަންގައިދޭން މިބުނީ ތިބާގެ ސަބަބުން މީހަކު މިފަދައިން ޢަމަލުކޮށްފިނަމަ ތިބާކުރި މަސައްކަތަށް ޙައްޤުޖަޒާ ﷲ ތަޢާލާ ތިބާއަށް ދެއްވަވާނެތީއެވެ. އަދި އެކުވެރިންނަށާއި ގާތްމީހުންނަށްވެސް ކޮށްދިނުން އެންމެ ފައިދާހުރި ކަމަކީ އެމީހުން ނަރަކައިން ސަލާމަތްވުމަށް މަގުދައްކައިދިނުން ކަމަށްވާތީއެވެ. 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން