ހަތިޔާރާއެކު ޚާއްސަ ތަމްރީނުތަކެއް ޤައުމީ ދިފާޢީ ބާރުން ފަށައިފިއެވެ،
މިކަމާގުޅިން ދިފާޢީ ވުޒާރާއިން ކުރެއްވި ޢިއުލާނެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން މިމަހުގެ 12 އަށް ކުރިއަށް ގެންދާ ތަމްރީނުގައި ސިފައިން ހަރަކާތްތެރިވާނީ ހަތިޔާރާއެކުގައި ކަމަށާއި ނަމަވެސް ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށެވެ.
މި ތަމްރީނުތައް ކުރިއަށް ގެންދަނީ ހއ. އުލިގަމާއި ތުރާކުނާއި ދޭތެރޭ ކަނޑުގެ ސަރަހައްދުގަ އާއި ހއ. ހޯރަފުށިގަ އާއި ހއ. ބެރިންމަދޫގަ އާއި ހދ. ހަނިމާދޫގަ އާއި ހދ. ކުޅުދުއްފުށި ސިޓީ ގަ އާއި ޅ. ފެލިވަރުގަ އާއި ޅ. މާފިލާފުށީގަ އާއި ރ. މާކުރަތުގަ އާއި ބ. ގޮއިދޫ ގަ އާއި ކ. މާލޭ (ހާބަރު) ގަ އާއި ހުޅުލޭ ސީޕްލޭން ޓާމިނަލް އަދި ކ. ގިރިފުށި އެވެ.