ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ޢަމަލެއް ނޫންކަމަށް ރާއްޖެއިން ބުނެފއިެވެ.
މިކަމާގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ޢަމަލެއް ނޫންކަމަށެވެ.
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ 40 އަށްވުރެ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.