ޙައްޖު މޫސުމުގައި އުދުހޭ ޓެކްސީ ޑްރޯން ތަޖުރިބާކުރަން ސަޢުދީން ތައްޔާރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 32ސ
ޙައްޖު މޫސުމުގައި އުދުހޭ ޓެކްސީ ޑްރޯން ތަޖުރިބާކުރަން ސަޢުދީން ތައްޔާރުވެއްޖެ

ޙައްޖު މޫސުމުގައި އުދުހޭ ޓެކްސީ ޑްރޯން ތަޖުރިބާކުރަން ސަޢުދީން ތައްޔާރުވެއްޖެއެވެ.

މިކަމާގުޅިގެން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ބުނީ ޙައްޖު މޫސުމުގައި ދަތުރުފަތުރުގެ އައު އީޖާދުތަކެއް ތަޖުރިބާކުރުމަށް ގިނަ ކުންފުނިތަކަކުން މަސައްކަތްކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ފަސިންޖަރުން އުފުލުމަށް އުދުހޭ ޓެކްސީއާއި ޑްރޯން ބޭނުން ކުރުން ހިމެނޭ ކަމަށެވެ.

އުދުހޭ ޓެކްސީ ބޭނުން ކުރުމަށް ނިންމާފައި ވަނީ ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއަރޕޯޓުން މައްކާގެ ހޮޓާތަކަށް ޙައްޖުވެރިން ގެންދިއުމަށެވެ.

ސަޢުދީ ޢަރަބިއްޔާއިން ނިންމާފައި ވަނީ މިޚިދުމަތަށް 100 އުޅަނދު ނެރުމަށެވެ.

މިއަދު އޮންލައިން