މިސްކިތްތަކުގެ ކަރަންޓް ބިލަށް ލުއިދެއްވަން ރައީސް ޑރ. މުޢިއްޒު ނިންމެވި ނިންމެވުމަށް ސްޓެލްކޯއިން މަރުޙަބާ ކިޔައިފި! ދެން ބިލް ކުރާނީ ކުޑަކުރެއްވި ރޭޓަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
މިސްކިތްތަކުގެ ކަރަންޓް ބިލަށް ލުއިދެއްވަން ރައީސް ޑރ. މުޢިއްޒު ނިންމެވި ނިންމެވުމަށް ސްޓެލްކޯއިން މަރުޙަބާ ކިޔައިފި! ދެން ބިލް ކުރާނީ ކުޑަކުރެއްވި ރޭޓަށް!

މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރުން ޑޮމެސްޓިކް ރޭޓަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ސްޓެލްކޯއިން މަރުޙަބާ ކިޔައި އަންނަ މަހުން ފެށިގެން ސްޓެލްކޯއިން ބިލްކުރާނީ ކުޑަކުރެއްވެވި ރޭޓުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 

މިކަން ހާމަކުރައްވާފައިވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ކުރެއްވި އެކެސްޕޯސްޓެއްގައެވެ.  

"އެމަނިކުފާނު ރޭ ކުޅުދުއްފުށި ސިޓީގައި އިޢުލާނުކުރެއްވި ފަދައިން ގްރޭޓަރ މާލެ ސަރަޙައްދާއި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ އެހެން ރަށްރަށުގައިވެސް ކުރިއަށް އޮތް މަހުން ފެށިގެން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުން. 

މިއީ ލާމަރުކަޒީ ނިޒާމުގެ މުގޫ ކަމުގައިވާ ކައުންސިލްތައް ބާރުވެރި ކުރުމަށާއި، ކައުންސިލްތަކުން ކުރާ ޚަރަދު އިޤުތިޞާދުކޮށް ސިންދަފާތު ކުރެވޭނެ މަގުފަހިކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ތެރެއިން ނިންމުނު ފުރިހަމަ އަދި މުހިއްމު ނިންމުމެއް."

- މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ  

މިއަދު އޮންލައިން