މާލެ ސިޓިއަށް ސްޓެލްކޯއިން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާގެ ބައްދަލުވުން އޮތީ މިއަދު ސްޓެލްކޯގެ ހެޑް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީއާއި މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީއަށް ސްޓެލްކޯއިން ދެމުންގެންދާ ޚިދުމަތުގެ ކަށަވަރުކަން ޤާއިމްކުރުމަށް ދެފަރާތުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. އަދި ސްޓެލްކޯގެ ބައެއް އިމާރާތްތަކަކީ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ކަމުން ސްޓެލްކޯގެ ވަށައިގެންވާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާލެ ސިޓީއާ ގުޅިގެން އިތުރު މަސައްކަތްތައް ކުރުމަށްވެސް މަޝްވަރާކޮށްފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
މި ބައްދަލުވުމުގައި ސްޓެލްކޯގެ އިސްވެރިންނާއި މާލެ ސިޓީ ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ފަހުމީ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަންކަމަށް ހައްލު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މެނޭޖިންގ ޑިރެކްޓަރ @u09HussainFahmy އާއި، ކުންފުނީގެ އިސްވެރިން މިއަދު ވަނީ މާލޭ ސިޓީގެ މޭޔަރ @adamazim އާއި ބައްދަލުކުރައްވާފައި. މި ބައްދަލުވުމުގައި ވަނީ މާލެ ސިޓީއަށް މިކުންފުނިން ދެމުންދާ ޚިދުމަތުގެ ކަށަވަރުކަން ޤާއިމްކުރުމަށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާ… pic.twitter.com/o5aLejO0Nh
— STELCO (@STELCOMALDIVES) February 26, 2024