ސްޓެލްކޯގެ ބޯޑުގެ ބައްދަލުވުމެއް ހިންމަފުށީގަ ބާއްވައި ކުންފުނި ހިންގުމުގެ ތާރީޚުގައި ފަޚުރުވެރި އައު މޭލުގަލެއް ޙާޞިލުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ސްޓެލްކޯގެ ބޯޑުގެ ބައްދަލުވުމެއް ހިންމަފުށީގަ ބާއްވައި ކުންފުނި ހިންގުމުގެ ތާރީޚުގައި ފަޚުރުވެރި އައު މޭލުގަލެއް ޙާޞިލުކޮށްފި!

ސްޓެލްކޯގެ ބޯޑުގެ ބައްދަލުވުމެއް ކ. ހިންމަފުށީގައި އިއްޔެ ބާއްވައި ތާރީޚޫ ކުރިއެރުމެއް ހޯދައިފިއެވެ.  

ބޯޑުގެ މެންބަރުން ހިންމަފުށްޓަށް ކުރެއްވި ޒިޔާރަތުގައި ވަނީ ހިންމަފުށީ އިންޖީނުގޭގެ މަސައްކަތްތައް ބައްލަވާލައްވައި، އެ ރަށުގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުނާއި، ރަށުގެ އިސް ވެރިންނާއި ބައްދަލުކުރައްވައިފައެވެ.

ސްޓެލްކޯގެ އިސްވެރިން އެ ރަށަށް ކުރެއްވި ބައްދަލުވުމުގެ ތެރެއިން، ކުންފުނީގެ ބޯޑުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ކ. ހިންމަފުށީ އިންޖީނުގޭ އޮފީހުގައެވެ. 

ސްޓެލްކޯއިން ބުނެފައިވަނީ މިއީ މާލެއާއި އަތޮޅުތެރެއާއި ދެމެދު ހުރި ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ސްޓެލްކޯގެ ހިންގުމުގައި ކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒާއި ދިމާލަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ. 

މިއީ ސްޓެލްކޯގެ ތާރީޚުގައި ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް ސްޓެލްކޯ ހެޑް އޮފީހުން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރެވެ. 

މި ބައްދަލުވުމުގައި ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް އާއި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އަދި ބޯޑުގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިއަދު އޮންލައިން